ލައިފްސްޓައިލް

ވިސްނުން ތޫނު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ވިސްނުންތޫނު ކުރުމަށް ޓަކައި އެތައް ބަޔަކު މަސައްކަތް ކުރެއެވެ. ޚާއްސަކޮށް މައިންބަަފައިން އެމީހުންގެ ދަރިންގެ ވިސްނުން ތޫނު ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެހެންކަމުން މިއީ ކުރެވިދާނެ ބައެއް ކަންކަމެވެ،

Ads by STELCO

ފޮތް ކިޔުމަކީ ތިބާގެ ވިސްނުން ތޫނު ކުރުމަށް ވަރަށް ބޮޑަށް އެހީވެދޭނެ ކަމެކެވެ. އެކި ގޮތްގޮތުން ތިބާގެ ވިސްނުން ފުރިހަމަ ކޮށްދޭ ކަމެކެވެ. ފޮތް ކިޔުމޭ ބުނުމުން ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެއީ ފޫހި ކަމެއްގެ ގޮތުގައެވެ. އެހެންނަމަ ވެސް ފޮތެއް ކިޔާ އެފޮތުގައި އެވާ ވާހަކަ ތަކުގެ ތެރެއަށް ވަދެވިއްޖެނަމަ ހަމަ ގައިމު ވެސް ތިބާ އެ ފޮތް އިތުރަށް ކިޔަން ބޭނުންވާނެކަން ޔަގީނެވެ.

ފޮތް ކިޔުމުގައި ބޮޑަށް ސަމާލުކަން ދޭންވީ އާންމު މައުލޫމާތުގެ ދާއިރާއަށެވެ. ސަބަބަކީ އެހެން ވުމުގެ ސަބަބުން ތިމާގެ އާންމު މައުލޫމާތު މުއްސަނދި ވެގެން ދާތީއެވެ. ތިމާގެ އާންމު މައުލޫމާތު މުއްސަނދި ވެގެން ދިއުމަކީ ތިމާގެ ބުއްދިއާއި ތިމާގެ ވިސްނުމުގެ ގާބިލިއްޔަތުކަން އިތުރަށް ވަރުގަދަ ކޮށްދޭ ކަމެކެވެ.

ކަންކަން ދިރާސާކޮށް އޭގެ ވާނުވާ ބަލަން ލޯބި ކުރާށެވެ. މިސާލަކަށް މަގުމަތިން ހިނގާފައި ދަމުން ފެންނަ އާދަޔާ ޚިލާފު މެޝިނެއް ނޫނީ ބައިސްކަލަކާ ދޭތެރޭ ވިސްނާލެވިދާނެއެވެ. އެ ބައިސްކަލުގެ އެކި ބައިބަޔާއި ދޭތެރޭ ވިސްނާ އެ ބައިސްކަލު އެހެން މަސައްކަތް އެ ކުރަނީ ކިހިނެއްތޯ ބެލިދާނެއެވެ. މި ފަދަ ކަންކަމާ ދޭތެރޭ ތިމާ ވިސްނި ވަރަކަށް ތިމާ އެފަދަ ކަމެއް ކުރަން ހިތް ވެސް ޖެހޭނެކަން ގައިމެވެ.

ފޯނުން ކުޅިވަރު ކުޅޭއިރުގައި، ޕަބްޖީފަދަ ކުޅިވަރުތައް ކުޅުމުގެ ބަދަލުގައި، ސިކުނޑިން ވިސްނައިގެން ކުޅެވޭ ފަދަ ކުޅިވަރެއް ކުޅުމަށް ލޯބި ކުރާށެވެ، މިސާލަކަށް ރާޒުވާ ނޫނީ އެކި ކަހަލަ "ޕަޒްލް" ތައް ވެސް ހިމެނެއެވެ. މިހުންނަނީ ތިބާގެ ވިސްނުން ތޫނު ކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމެވެ، މިއިން ކޮންމެ ކަމެއް ކޮށްލި ނަމަވެސް ތިމާގެ ސިކުނޑި އެކަމެއްގެ ތެރެއަށް ވަދެގަނެ އެފަދަ ކަމަކަށް ހޭނެން މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!