އުފާވެރިކަން ހޯދުމަށްޓަކައި ނުދަންނަ މީހުންނާ ވާހަކަ ދެއްކުން މުހިންމު: ދިރާސާ
މަގުމަތީގައި ހުންނަ ނުދަންނަ މީހަކާ ވާހަކަ ދައްކަން ކެރިދާނެ ހެއްޔެެވެ؟ ޕާކަކުން ނުވަތަ ރެސްޓޯރެންޓެއް ފަދަ ތާކުން ފެންނަ ނުދަންނަ މީހަކާ ވާހަކަ ދައްކާލަން ކެރިދާނެ ހެއްޔެވެ؟ ގިނަ ބަޔަކަށް މިކަން ކުރަން ނުކެރޭނެކަން ގައިމެވެ. އެހެން ނަމަވެސް ޒަމާން ބަދަލު ވެއްޖެއެވެ. ދުނިޔެ ކުޑަ ވެއްޖެއެވެ. ދުނިޔޭގެ އެއް ކަންކޮޅުގައި ހުންނަ މީހަކަށް ވެސް ދުނިޔޭގެ އަނެއް ކަންކޮޅުގައި ހުންނަ މީހަކާ ވާހަކަ ދައްކާލުމަކީ ނުހަނު ފަސޭހަ ކަމަކަށް ވެއްޖެއެވެ. ނުދަންނަ މީހުންނާ ވާހަކަ ދައްކަން މަގުފަހި ކޮށްދޭ އެއްޗަކަށް މީސްމީޑިއާ އާއި ސްމާޓްފޯން މިވަނީ ވެފައެވެ.
ސައިކޮލޮޖިސްޓުން ދާދި ފަހަކުން ކުރި ދިރާސާ އަކުން މިއޮތީ ވަރަށް ސަޅި ކަމެއް ސާބިތުވެފައެވެ. އެކަމަކީ ހެއްޔެވެ؟ މި ދިރާސާއިން ދައްކާ ގޮތުގައި ނުދަންނަ މީހުންނާ މީސްމީޑިއާގެ މަންސަތަކުގެ އެހީގައި ވާހަކަ ދައްކާ ގުޅުން ބަދަހި ކުރުމަކީ އުފާވެރިކަން އިތުރުވާ ކަމެކެވެ. އަދި އެކަަމަކީ ދެއިރު ދެ ދަޅައަށް ހަރާބުވެެގެން ތިޔަ އުޅޭ މޫޑް ވެސް ރަނގަޅުވާ ކަމެއް ކަމަށް މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.
ނުދަންނަ މީހަކާ ހިތްހެޔޮކަމާ އެކު ހެޔޮ ނިޔަތެއްގައި ވާހަކަ ދައްކަން ކިތަންމެ ކުޑަ ވަގުތުކޮޅެއް ހޭދަ ކުރި ނަމަވެސް އެކަމުން ތިބާއަށް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ލިބިދާނެ ކަމަށް ވެސް މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.
ނުދަންނަ މީހަކާ ނޫނަސް އެކުގައި އުޅޭ މީހުންނާވެސް ގިނައިން ވާހަކަ ދައްކައި ހެދުމަކީ އުފާވެރިކަން އިތުރު ކޮށްދޭ ކަމެކެވެ. އަބަދާއި އަބަދު ފޯނާ ކުޅެން ނީނދެ މީހުންނާ ވާހަކަ ދެއްކުމުގައި ހޭދަކުރުން މާ ބުއްދިވެރިއެވެ.