ކުޅިވަރު

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މެރެޑޯނާ މަރުވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުޓުބޯޅައިގެ ތާރީހުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޑިއޭގޯ މެރެޑޯނާ މަރުވެއްޖެއެވެ.

Ads by MWSC

މެރެޑޯނާ ދުނިޔެ ދޫކުރި އިރު އޭނާގެ އުމުރަކީ 60 އަހަރެވެ.ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެރެޑޯނާ މަރުވީ ހާރޓް އެޓޭކެއް ޖެހިގެންނެވެ. އަދި ހާރޓް އެޓޭކް ޖެހުނީ ސިކުނޑީގައިވާ ގަނޑު ލޭ ކޮޅެއް ނެގުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބުވެ ގޭގައި ހުއްޓައެވެ.

މީގެ ދެހަފްތާ ކުރިން ސިކުނޑީގައިވާ ގަނޑު ލޭކޮޅެއް ނެގުމަށްފަހު މެރެޑޯނާ ގެއަށް ފޮނުވާލާފައިވާއިރު އާއިލާއިން އޭރު ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ޑިއޭގޯ މެރެޑޯނާ އަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އެއީ ގިނަ ދިވެހީންނެއްގެ ވެސް “ފޭވަރިޓެކެވެ.” އާޖެންޓީނާގެ ފުޓުބޯޅައިގެ ކާމިޔާބީ ތަކުގައި ވެސް މެރެޑޯނާގެ ހިއްސާ ބޮޑެވެ.

ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާގެ ނަން ވިދާލައެވެ. 1986 ވަނަ އަހަރުގެ ވޯލްޑްކަޕް އާރޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.

ފުޓުބޯޅަ ކުޅުމުން ރިޓެއާ ކުރުމަށްފަހު ގިނަ ކުލަބުތަކެއްގެ ކޯޗުކަން ވެސް އޭނާ ވަނީ ކޮށްފައެވެ. މެރެޑޯނާގެ މަރާއެކު މިއަދަކީ މުޅި ފުޓުބޯޅަ އާއިލާއަށް ވެސް ކަޅު ދުވަހަކަށް ވެގެން ދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!