Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކެބެޖު ޖޫސް: ބަރުދަން ލުއި ކުރުމަށް ހަަމަ އެއް ވަަނަ

ކެބެޖު ޖޫސް: ބަރުދަން ލުއި ކުރުމަށް ހަަމަ އެއް ވަަނަ
ބަރުދަން ލުއި ކުރުމަށްޓަކައި ތަފާތު އެކި އެކި ޖޫސްތައް ބުއިމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އަދި މި ފަދަ ޑިޓޮކްސް ޖުސްތަކަކީ ބަރުދަން ލުއިކުރުމަށްޓަކައި ވަރަށް ރަނގަޅު އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެގޮތުން މި ފަހަރު މިއޮތި އަހަރެމެން އާންމު ކޮށް ކެއުމުގައި ބޭނުން ކުރާ ތަރުކާރިއެއްގެ ޖޫހުގެ ވާހަކައެވެ. ކެބެޖު ޖޫހަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް، ވިޓަމުން ސީ އަދި ސަލްފާ އެކުލެވޭ ތަރުކާރީ އެކެވެ. މިއީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ވަރަށް މުހިންމު މާއްދާތަކެކެވެ. އަދި މީގެ ސަބަބުން ކެބެޖަކީ ގޮހޮރު ޑިޓޮކްސިފައި ކޮށްދޭ ތަރުކާރީ އެއް ކަމުގައި ޑޮކްޓަރުން ބުނެއެވެ. އެގޮތުން އެންޓިބައޮޓިކްސް ތަޢާރަފް ވުމުގެ ކުރިން، އެތައް އަހަރެއް ވަންދެން ބަލިމީހުނަށް ފަރުވާ ކުރުމަށް ޑޮކްޓަރުން ކެބެޖް ބޭނުން ކޮށްފައިވެއެވެ. މީގެ އިތުރުން ކެބެޖު ޖޫހަކީ ބަނޑު ކެއްކުމާއި، ބަނޑަށް އުނދަގޫވުމާއި، ރިއްސުމުގެ އިތުރުން ބޮޑުކަމު ދިޔުމަށް ވަރަށް ފަސޭހަ ބުއިމެކެވެ. ދިރާސާތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނައިން ފައިބާ އެކުލެވޭ ކާނާ އަކީ އަވަހަށް ސަރުބީ ވިރުވާ ދޭނެ އެއްޗެކެވެ. ކެބެޖަކީ ވަރަށް ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ތަރުކާރީ އެކެވެ. ހާއްސަކޮށް ފައިބާ އެކުލެވޭ ތަރުކާރީ ކެއުމުން ހަށިގަނޑުން ބޭރު ކުރަން ބޭނުންވާ ފެން ބޮޑު ކަމުދާއިރު ބޭރުވެގެން ދިއުން އަވަސްވާނެ އެވެ. ކެބެޖު ޖޫހަކީ މިކަންކަމަށް ރަނގަޅު ބުއިމެކެވެ. ހަމައެހެންމެ ކެބެޖު ޖޫހުގައި ކެލޮރިސް އެކުލެވޭ މިންވަރު މަދުވުމަކީ ވެސް ބަރުދަން ލުއިކުރުމަށް ކެބެޖު ޖޫހުން އެހީވެދޭ އެއް ސަބަބެވެ. ކެބެޖު ޖޫހުގެ އެއް ސާވިން ގައި އެވްރެޖުކޮށް ހިމެނެނީ 22 ކެލޮރީސް އެވެ.

އެހެންކަމުން މިއީ ބަރުދަން ލުއިކޮށްލުމަށް އަޖުމަ ބަލާލުން ރަނގަޅު ޖޫހެކެވެ. ކެބެޖް ޖޫހަކީ ރަހައާ އެއްވަރަށް ވަސް ވެސް ނުބައި އެއްޗެކެވެ. ނަމަވެސް ހިތި ބޭސް ބޮއިގެން ވެސް ބޮޑެތިބަލިތައް ފަސޭހާ ވާނެކަމަށް ބަލައިގެން މިކަން ތަޖުރިބާ ކޮށްލަން ހިނގާށެވެ.

ބޮޑު ކެބެޖެއް ފަސް ބަޔަށް ބައި ކޮށްލުމަށްފަހު، އެއްބައި ކުދިކޮށް ކޮށައި، އެއްތަށި ފެން އަޅައިގެން ފަސް ވަރަކަށް މިނަޓު ކައްކާލާށެވެ. ރަހަ މީރު ކޮށްލުމަށް އިނގުރު ނުވަތަ އާފަލުކޮޅެއް ވެސް އަޅާލެވިދާނެއެވެ. ރީތިކޮށް ފުރާނާލުމަށް ލުނބޯ ހުތް ކޮޅެއް އަޅާލައިގެން ބޯލާށެވެ. ޖޫހުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ހުސް ގޮހޮރާއި ހުރެ ނުވަތަ ކެއުމުގެ ކުރިން ބޯ ނަމައެވެ.

މި ޖޫސް ބޭނުން ކުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި 10 ދުވަސް ތެރޭގައި ބަރުދަނުން 5 ކިލޯ ލުއިވިއެވެ. އެހެން ކަމުން ކެބެޖު ޖޫހުގެ އަޖުމަ ބަލައިލަން ހިނގާށެވެ. ﷲގެ ރަޙްމަތުން 10 ދުވަސްތެރޭގައި ތަފާތު ފެންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް