ޚަބަރު

ރައީސް ސޯލިހު ޅ.އަތޮޅަށް ވަޑައިގެންފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ޅ.އަތޮޅަށް ވަޑައިގެންފިއެވެ.

Ads by STELCO

ރައީސްގެ މި ދަރުރުފުޅުގައި ވަނީ މި ދަތުރުފުޅުގައި މިއަދު ވަނީ ޅ. މާފިލާފުށްޓަށް ވަޑައިގަންނަވައި އެ ރަށުގައި ބާއްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައެވެ.

އަދި މި ދަތުރުފުޅުގައި ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިންގ ސެންޓަރާއި މާފިލާފުށީގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި އެ ރަށުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހިންގާ މަސް ބަންދުކުރާ ކާރުޚާނާ ބައްލަވައިލައްވައި އެ ރަށުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވައިލެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ފެލިވަރުގައި ރައީސުލްޖުމްހޫރިއްޔާ ބައެއް މަސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވެއެވެ.

 

 

 

Ads by PNC
  1. ހިންނަވަރު މޯޑީ ރަޓަށް ދިޔައީ