ރައީސް ނަޝީދު ޖާބިރަށް: މަޖިލީހުގައި ތިޔަ ދައްކަވަނީ ޗަރުކޭސް!

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ދައްކަވަނީ ޗަރުކޭސް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިފަދައިން ވިދާޅުވީ ޓުއަރިޒަމްގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގައި މިއަދު ކުރިއަށްދާ ކޮމިޓީ ބައްދަލުވުމުގައި ނިޒާމީ ނުކުތާ ނަންގަވާ ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.
ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސެއިން ދެއްކެވި ވާހަކަފުޅަކަށް ނިޒާމީ ނުކުތާއެއް ނަންގަވަމުން ޖާބިރު ދެއްކެވި ވާހަކަ ފެއްޓެވީ "ބިރިޔާނީ" ބަހާ ކަމަށް ވިދާޅުވެއެވެ. ނަމަވެސް މައިކުގެ އަޑު ކަނޑާލުމުން ދެއްކެވި ވާހަކަ އިތުރަށް ސާފެއް ނުވިއެވެ.
ކާށިދޫ ދާއިރާގެ މެންބަރުގެ ނިޒާމީ ނުކުތާއަށް ފަހު އަލީ ހުސެއިންގެ ވާހަކަ އަށް ފުރުސަތު ދިނުމުން "ބޭނުންހާ ގޮތަކަށް ދައުލަތް ނުވިއްކޭނެ" ކަމަށް ވިދާޅުވެ ޖާބިރު ވަނީ ވަރަށް ބޮޑަށް ކޮމިޓީ ބައްދަލުވުމުގައި އަޑު ގަދަކުރައްވާ، ކެންދޫ ދާއިރާގެ މެންބަރުގެ ވާހަކަތަކަަށް ހުރަސް އަޅުއްވާފައެވެ.
އެހިސާބުން ރައީސް ނަޝީދު ވިދާޅުވީ ޢަލީ ޙުސެއިންގެ ވާހަކަފުޅު ޖާބިރުގެ "ޗަރުކޭސް" ނިމެންދެން މަޑުކޮށްލަން ޖެހޭ ކަމަށެވެ.
"ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މި އެންޓަރޓެއިންމެންޓަށް ފަހު އަޅުގަނޑަށް ފެންނަނީ ދާން، މީހަކު މިތަނުގައި އަމިއްލައަށް ޗަރުކޭސް ދައްކަން ފެށީމަ އެއަށް ޖާގަ ނުދީ ދާން." ޖާބިރު ވިދާޅުވިއެވެ.
މިކަމާ ރައީސް ނަޝީދު ސަމާސާ ގޮތަކަށް ހިނިފުޅު ވެޑުވުމުން، މަޖިލިސް ރައީސް އިންނަވާ ގޮނޑި ކައިރިއަށް ޖާބިރު ވަޑައިގެން ކޯފާ އިސްކުރައްވާ ވިދާޅުވީ "އިންޑިއާ އަށް ޤައުމު ނުވިއްކޭނެ" ކަމަށާއި ދައުލަތް ވިއްކާ ނުލެވޭނެ ކަމަށެވެ.
ޛޖަަބިރުތެދެ