ލައިފްސްޓައިލް

44 ދުވަސް ވަންދެން މަންމަގެ ގަބުރު ފޮރުވައިގެން އުޅުނު މީހެއްގެ ވާހަކަ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ އެމެރިކާގެ ސްޓޭޓެއް ކަމަށް ވާ "ވާޖިނިއާ" ގައި ދިރިއުޅެމުން ދިޔަ އަންހެނަކު އޭނާގެ މަންމަ މަރުވުމުން މަންމަގެ ގަބުރު 44 ދުވަސް ވަންދެން ފޮރުވައިގެން އުޅުނު ވާހަކައެވެ. މިއީ 2018 ވަނަ އަހަރު ހިނގާފައިވާ ހާދިސާއެކެވެ.

Ads by Sosun Fihaara

މި އަންހެން މީހާއާއި އޭނާގެ މަންމައަކީ އެކަނި އުޅެމުން އަންނަ ދެމައިންނެވެ. އޭނާ މަންމަ މަރުވިއިރުގައި އުމުރުން 78 އަހަރެވެ. އަދި ދަރިފުޅުގެ އުމުރަކީ 55 އަހަރެވެ. މިއަންހެން މީހާ މަންމަގެ ފުރާނަ ނެތް މަސްގަނޑު ފޮރުވާފައި އޮތީ ދެމައިން ދިރިއުޅެމުން ދިޔަ ގޭގައެވެ. އަދި ފޮރުވުމަށް ޓަކައި މަންމަގެ ގަބުރު ގައިމަތީގައި 54 ރަޖާގަނޑު ވެސް ވަނީ އަޅާފައެވެ.

މިމައްސަލައާ ގުޅިގެން މި އަންހެން މީހާ ވަނީ ހައްޔަރު ވެސް ކުރެވިފައެވެ. މިއަންހެން މީހާ މަރުވެފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ، އަދި މި މައުލޫމާތު އެމެރިކާގެ ފުލުހުންނަށް ލިބިފައި ވަނީ އެގޭގައި އޮތް ސިޓީއަކުން ކަމަށް ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ. މަންމަ ގައިގައި 54 ރަޖާގަނޑު އެޅުމަށް ފަހު ފޮރުވީ، މަންމަ އަށް "ސީޕީއާރު" ދީގެން ވެސް ސަލާމަތް ނުކުރެވުނީމަ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މަންމަގެ ފުރާނަ ނެތް މަސްގަނޑު ފޮރުވައިގެން މި އަންހެން މީހާ އެގޭގައި ދިރިއުޅެމުން ދިޔައީ ވެސް ގޭގެ ބޮޑު ދޮރުގައި ތަޅު އަޅުވައިގެން ކަމަށާއި، އެގެއަށް އާއިލާގެ އެއްވެސް މީހަކާއި އާންމުންގެ އެހެން މީހެއް ވެސް ވައްދާފައި ނުވާ ކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ. ކުނިވެފައިވާ ގަބުރުން ދުވަމުން ދިޔަ ކުނި ވަސް ފިލުވުމަށްޓަކައި އެގެއަށް 66 ފުޅި އެއަރ ފްރެޝްނާ ވެސް ޖެހި ކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ. މިއަންހެން މީހާ ހައްޔަރު ކުރުމާ ހަމައަށް ވެސް ނިދީ މަންމަގެ ފުރާނަ ނެތް މަސްގަނޑު ކައިރީގައި ކަމަށް ވެސް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ.

 

Ads by HDC
  1. ސައިކޯ