ދުނިޔެ

ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، 30 މިނެޓު ތެރޭ ފަސް މީހަކު މަރުވެއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާ: ގުޖްރާތުގެ ރާޖްކޯޓް އަވަށުގައި ހުރި ޕްރައިވެޓް ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ފަސް މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި މިހާދިސާގައި ފަސް މީހުން މަރުވެފައިވާއިރު ހަ މީހަކު ޒަޚަމް ވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

ޗީފް މިނިސްޓަރ ވިޖޭ ރުޕާނީގެ އަމުރުގެ ދަށުން މިހާދިސާގެ ތަހުގީގު މިހާރު ދަނީ ކުރަމުންނެވެ. މަރުވި މީހުންގެ ޢާއިލާތަކަށް ހަަތަރު ލައްކަ ރުޕީސް ދިނުމަށް ވެސް ވިޖޭ އަމުރު ކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ އުދޭ ޝިވަނަންދާ ހޮސްޕިޓަލުގެ އައިސީޔޫ ޔުނިޓުގައި، ރޭ 00:30 ހާއިރު ކަމަށެވެ.

"ފަސް މީހުން މަރުވެ ހަ މީހަކަށް އަނިޔާ ވެފައިވޭ. އަލިފާން ރޯވިތާ 30 މިނެޓު ތެރޭގައި ވަނީ ނިއްވާލެވިފައި" ރާޖްކޮޓް ސިޓީ ޕޮލިސް ކޮމިޝަނަރ މަނޯޖް އަގަރްވާލް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!