ޚަބަރު

ބީއެމްއެލްއިން ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރު ހަދިޔާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް އިން މުޖުތަމައަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮށްފިއެވެ.

Ads by STELCO

ހަދިޔާ ކުރި ކޮމްޕިއުޓަރު ތަކަކީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން އޮންލައިންކޮށް ތައުލީމް ހޯދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ހިޔާ އަށް ހަދިޔާކުރި ކޮމްޕިއުޓަރ ސިސްޓަމްތަކެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ އެ ކޮމްޕިއުޓަރުތައް ހަވާލު ކުރުމުގެ ސަބަބުން އެކުދިންގެ ކިޔެވުމާއި ހުނަރު ތަރައްގީ ކުރުމާއި ކަންކަމުގައި ބައިވެރިވުމަށް އެހީ ވެދޭނެ ކަމަށެވެ.

ބީއެމްއެލްއިން ވަނީ މި އަހަރު ކުރީކޮޅު ރާއްޖޭގެ 10 ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސެން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދީފައެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި ހަދިޔާ ކުރެވުނު ކޮމްޕިއުޓަރ ސާމާނުގެ އެ ކުދިންގެ އޮންލައިން ކްލާސްތައް ކުރިއަށް ގެންދިޔުމުގައި އިތުރު އެހީއަކަށް ވެގެން ދިޔުން." ސަޢީދު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ދާއިރާއެވެ. އެހެންކަމުން ބީއެމްއެލްއިން ވަނީ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ކުރަމުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!