ދުނިޔެ

ނާކާމިޔާބުވި ބަޣާވާތާ ގުޅިގެން 337 މީހަކު އުމުރު ދުވަހަށް ޖަލަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ތުރުކީގައި 2016 ވަނަ އަހަރު ސިފައިން އިސްވެ ކުރަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން 337 މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްވައިފިއެވެ.

Ads by WAMCO

ޚަބަރުތައް ބުނާ ގޮތުގައި އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކުރި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ސިފައިންގެ ވައިގެ އަސްކަރިއްޔާގެ ބޭކަލުންނެވެ. ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ، ބާރުގެ ބޭނުންކޮށް، ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު 500 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު، މީގެ ތެރޭގައި އާއްމުންގެ 10 މީހެއް ވެސް ހިމެނެއެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ، އެޤައުމުން ކޮށްފައި ވަނީ، އެމެރިކާގައި ދިރިއުޅޭ ތުރުކީގެ ރައްޔިތެއް ކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ ފަތުހުﷲ ގުލާން އަށެވެ. ނަމަވެސް އޭނާ ވަނީ އެދަޢުވާތަކަށް އިންކާރު ކުރައްވާފައެވެ.

2016 ވަނަ އަހަރު ރައީސް އުރުދުޣާން ޗުއްޓީ ދަތުރުފުޅެއްގައި ހުންނަވަނިކޮށް، އެޤައުމަށް ބަޣާވާތެއް ގެންނަން މަސައްކަތް ކޮށްފައިވާއިރު، މިބަޣާވާތުގައި ހިނގި ހަމަނުޖެހުން ތަކުގައި 250 މީހުން ވަނީ މަރުވެފައެވެ.

ބަޣާވާތުގެ ޝަރީއަތް އޮގަސްޓް 2017 ގައި ފެށުނުއިރު، ބަޣާވާތާއި ގުޅޭ ކަމަށް ތުހުމަތުކޮށް އެޤައުމުގެ ގިނަ ސިފައިންތަކެއް ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

ފަތުހުﷲ ގުލާން ވެރިކަަން ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރާއިރު، ފާއިތުވި އަހަރުތަކުގައި ގުލާންއާ ގުޅުން އޮތް ކަމަށް ބުނެ 292،000 މީހަކު ތުރުކީގައި ވަނީ ހައްޔަރު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!