އަންހެނެއްގެ ދަބަސް ފޭރުނު ދެ މީހަކު ފުލުހުން އަތުލައިގެންފި
 
                                                    މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ދަބަސް ފޭރިގަތް ދެ މީހަކު ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިއަދު ހެނދުނު އަންހެނެއްގެ ފޯނާއި ދަބަހެއް ފޭރުނު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 30 އަހަރާއި 36 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މި މީހުން ހައްޔަރު ކޮށްފައި ވަނީ އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރި ވަމުން ދިޔަ ފުލުހުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
