ޚަބަރު

ނަޒޫ: ދުނިޔެއިން ވަކިވެގެން ދިޔަ ނަމަވެސް އެތައް ބަޔަކު އެހިނިތުންވުން އަބަދުމެ ހަނދާން ކުރާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު ހެނދުނު އެންމެން ސިއްސުވާލި ޚަބަރަކީ ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި، އަދި ނެށުންތެރިޔާ އައިޝަތު ނަޒްރާ (ނަޒޫ) ނިޔާވި ޚަބަރުންނެވެ.

Ads by Sosun Fihaara

ނަޒޫ ދަންނަ ގިނަ މީހުން ބުނާ ގޮތުގައި އޭނާ އަކީ ވަރަށް އެކުވެރި، މީހުންނާއި މުހާތަބު ކުރާއިރު ހިނިތުންވުމާއެކު މުހާތަބުކުރާ މީހެކެވެ. ޓިކްޓޮކްގައި 17000 އެއްހާ މީހުން ނަޒޫ ފޮލޯ ކުރެއެވެ. އޭނާގެ ބައެއް ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދު ލައްކައަކާއި ކައިރި ކުރެއެވެ.

ޅ.ހިންނަވަރަށް ނިސްބަަތްވާ، އުމުރުން އެންމެ 24 އަހަރުގެ ނަޒޫ ހިނދުކޮޅެއްގެ ތެރޭގައި މި ދުނިޔެއާ އަލްވަދާއުކީ، މަރަކީ ކޮންމެ މީހަކާ ވެސް އެންމެ ގާތުގައި ވާ ކަންތައްކަން ހަނދާން ކޮށްދެމުންނެވެ.

ގިނަ މީހުން ނަޒޫ ސިފަ ކޮށްފައި ވަނީ ވަރަށް "އެނަރޖެޓިކް" އަދި އޭނާ ދަންނަ ކޮންމެ މީހަކަށް ވެސް އެހާމެ އޯގާތެރި މީހެއްގެ ގޮތުގައެވެ.

ނެށުމުގެ ދާއިރާގައި ނަޒޫ މަސައްކަތް ކޮށްފައި ވަނީ "ޓައިގާ ލިލީސް" ގްރޫޕުގައެވެ. އެގްރޫޕުގެ އެހެން ބައިވެރިންނަށް ވެސް ވަނީ ނަޒޫ މިދުނިޔެއާ ވަކިވެގެން ދިޔުމުގެ ޚަބަރާއެކު ފުން ހިތާމައެއް ލިބިފައެވެ.

ނަޒޫ ނިޔާވީ 27 ނޮވެމްބަރު 2020 ވަނަ ދުވަހުގެ 22:00 ހާއިރު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެެއް އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ގޮސް ދުވާ ޓްރެކް މައްޗަށް އަރާ، އެކްސިޑެންޓުވެ، ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށެވެ. ނަޒޫ އިނީ އެ ސައިކަލުގެ ފަހަތުގައެވެ. އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ނަޒޫގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ ޢަސްރު ނަމާދު ވަގުތަށް ފަހުގައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC
  1. ސހަަހަ

    17000 ފޮލޮވަރުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ހަރުކަށި ކަމާއެކު ކުރެވޭނީ ތިން ސުވާލެވެ.

    ކަލޭގެ ރައްބަކީ ކާކުހެއްޔެވެ؟
    ކަލޭގެ ދީނަކީ ކޮބައިހެއްޔެވެ؟
    މި ބޭކަލަކާ (ނަބިއްޔާ ﷺ) މެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ؟

    ޖަވާބު ދެވޭނީ ދުނިޔެމަތީގައި އެ ޖަވާބު ތަކުގެ މައްޗަށް ޢަމަލު ކުރި މީހުންނަށެވެ. މިޔުޒިކް އާއި ޝައިތާނާގެ ދުންމާރިއަށް ނެގުމުގައި ވަގުތު ބޭކާރު ކުރި މީހުންނަކަށް ނޫނެވެ.

  2. 17000 ފޮލޮވަރުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ހަރުކަށި ކަމާއެކު ކުރެވޭނީ ތިން ސުވާލެވެ.

    ކަލޭގެ ރައްބަކީ ކާކުހެއްޔެވެ؟
    ކަލޭގެ ދީނަކީ ކޮބައިހެއްޔެވެ؟
    މި ބޭކަލަކާ (ނަބިއްޔާ ﷺ) މެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ؟

    ޖަވާބު ދެވޭނީ ދުނިޔެމަތީގައި އެ ޖަވާބު ތަކުގެ މައްޗަށް ޢަމަލު ކުރި މީހުންނަށެވެ. މިޔުޒިކް އާއި ޝައިތާނާގެ ދުންމާރިއަށް ނެގުމުގައި ވަގުތު ބޭކާރު ކުރި މީހުންނަކަށް ނޫނެވެ.

    • ޚކަލޭތި މުސްލިމެއްތަ އަޅެ. ޚކަލޭ ތި ލިތާއެއްޗިއްސައްވެސް ހަމަ ކަލެޔާ ސުވާލުކުރާނެ.

      • ހާދާހާ ވިސްނޭޔޭ ދޯ … ވަﷲ އައުލަމް.. ނަށާ ހިލޭ ފިރިހެނުންގެ ކުރިމަތީ ލަވަ ކުޅެ އުޅޭ މީހުންނާ ދޭތެރޭ ﷲ ކަންތަށް ކުރާނެ ގޮތް ވަރަށް ރަނގަޅަށް ކީރިތި ޤުރުއާން ގައި ހާމަ ވެގެން ދޭ … ނަށާ ލަވަތަކަށް ޓިކްޓޮކް ހަދާ މީ މުޅިން ހަރާމް ކަންތަށްތަށް.. ކޮންމެ އިންސާނަކަށް ވެސް ފާފާ ކުރެވޭނެ ބައެއް އޭގެތެރޭގައި އެންމެ ހެޔޮ މީހުންނަކީ ތައުބާ ގިނަ ގިނައިން ވާ މީހުން ލަވަތަކަށް ނަށާ މީހުންނެއް ނޫން… ހޯޕް ޔޫ ކްލިޔާ…. ﷲ މޮޅަށް ދެނެވޮޑިގެންވާ ނީ… ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” ޒިނޭކުރުމާއި ފަށުވިފޭރާންލުމާއި ރާބުއިމާއި އަދި މިޔުޒިކު ސާމާނު ޙަލާލުކުރާނެ ބަޔަކު ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނެއެވެ” ( ސަހީހް ބުޚާރީ)

        އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ.

    • ސޮލާހް

      ކަލޭ ހާދަ ހަޔާތް ކުޑައޭ ދޯ. ޝައިތާނާވެސް އެއް ޒަމާނެއްގަ އުޅުނީ މާތް ރަސްކަލާނގެއާ އެންމެ އަރިހުގަ. އޭނަ ފަލީހަތްވެ މަޙްލޫގުންގެ ތެރޭ އެންމެ ދަށު ދަރަޖަ ހާސިލް ކުރީ އޭނާގެ ބޮޑާވަންތަ ކަމުން. ކަލޭ މި ޒުވާނާ އާ ދޭތެރޭ ތެރޭ ތިހެން ބުނާ އިރު ކަލޭގެ ކުށްފާފަތަކާމެދު ވިސްނާލުން ބުއްދިވެރި. ހަމައެހެނީ މިކުއްޖާގެ ކޮން ހެޔޮ އަމަލެއްކަން މާތް ރަސްކަލާނގެ އަރިހުގައި ގަބޫލްވެގެން ދިޔައީ ކަލެއަކަށް ނޭނގޭނެ. އެކުއްޖާއަކީ އެކަލާނގެ ހަޒްރަތުގައި ހުރިހާ ފާފައެއް ފުއްސެވުނު ކުއްޖެއްކަންވެސް އެކަށީގެންވޭ. ފާފަ ފުއްސަވަނީ ރަހްމަތްވަންތަ ރަސްކަލާނގެ. ކަލޭ ދެން ކިޔަނީ ކޯޗެއް. ޖާހިލު.

      • ހާދާހާ ވިސްނޭޔޭ ދޯ … ވަﷲ އައުލަމް.. ނަށާ ހިލޭ ފިރިހެނުންގެ ކުރިމަތީ ލަވަ ކުޅެ އުޅޭ މީހުންނާ ދޭތެރޭ ﷲ ކަންތަށް ކުރާނެ ގޮތް ވަރަށް ރަނގަޅަށް ކީރިތި ޤުރުއާން ގައި ހާމަ ވެގެން ދޭ … ނަށާ ލަވަތަކަށް ޓިކްޓޮކް ހަދާ މީ މުޅިން ހަރާމް ކަންތަށްތަށް.. ކޮންމެ އިންސާނަކަށް ވެސް ފާފާ ކުރެވޭނެ ބައެއް އޭގެތެރޭގައި އެންމެ ހެޔޮ މީހުންނަކީ ތައުބާ ގިނަ ގިނައިން ވާ މީހުން ލަވަތަކަށް ނަށާ މީހުންނެއް ނޫން… ހޯޕް ޔޫ ކްލިޔާ…. ﷲ މޮޅަށް ދެނެވޮޑިގެންވާ ނީ… ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” ޒިނޭކުރުމާއި ފަށުވިފޭރާންލުމާއި ރާބުއިމާއި އަދި މިޔުޒިކު ސާމާނު ޙަލާލުކުރާނެ ބަޔަކު ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނެއެވެ” ( ސަހީހް ބުޚާރީ) އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ.

  3. 17000 ފޮލޮވަރުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ހަރުކަށި ކަމާއެކު ކުރެވޭނީ ތިން ސުވާލެވެ.

    ކަލޭގެ ރައްބަކީ ކާކުހެއްޔެވެ؟
    ކަލޭގެ ދީނަކީ ކޮބައިހެއްޔެވެ؟
    މި ބޭކަލަކާ (ނަބިއްޔާ ﷺ) މެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ؟

    ޖަވާބު ދެވޭނީ ދުނިޔެމަތީގައި އެ ޖަވާބު ތަކުގެ މައްޗަށް ޢަމަލު ކުރި މީހުންނަށެވެެ. މިޔުޒިކް އާއި ޝައިތާނާގެ ދުންމާރިއަށްެ ނަށަމުން ދިޔަ މީހުންނަކަށް ނޫނެވެ…ﷲ އަށް ބިރުވެތިވާށެވެ. ހަޔާތަކީ ކުރު އެއްޗެކެވެ

  4. ދެރަ

    ދެރައެވެ ހިތާމައެއްގެ ކޮޅެއްނެތެވެ
    ހަދާން އާކޮއްލުމަކުން ކުރާނެ މަނފާއެއް ނެތެވެ
    ފައިދާއެއް އޮތީ ތިމާގެ ވެރި ރައްބު އަށް ކިޔަމަން ވީވަރަކުން ލިބުނު ސަވާބަކާގެން މަރުވި މަީހަކަށެވެ
    ޓިކް ޓޮކްއިން ލިބޭނީ ހިތާމައެވެ.