އެކްސިޑެންޓުވީ ނަޒޫއާ މީހަކު ފޮށޭތީ ފަހަތަށް ބަލައިލުމުން: ލޯބިވެރިޔާ
މާލޭގައި ހިނގި ނުރަައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވެގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި އައިޝަތު ނަޒްރާ (ނަޒޫ) އިން ސައިކަލު އެކްސިޑެންޓުވީ، އޭނާއާ މީހަކު ފޮށުމުން ފަހަތަށް ބަލައިލި ވަގުތު ކަމަށް، ނަޒޫގެ ލޯބިވެރިޔާ މިއަދު ބުނެފި އެވެ.
ނަޒޫގެ ހިތާމަވެރި މަރާއި ބެހޭގޮތުން ވާހަކަ ދައްކަމުން އޭނަގެ ލޯބިވެރިޔާ އާޒިފް އަބްދުލްހަކީމް (24އ.) ބުނީ މިދިއަ ހުކުރު ވިލޭރޭ ދަރުމަވަންތަ ހޮސްޕިޓަލް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓްވީ "ބާރަށް ދުއްވާފައި ދަނިކޮށް ނޫން" ކަމަށެވެ.
"ބާރަކަށް ނޫން ދިޔައީ ވެސް. އެކަމަކު ދަނިކޮށް އެތަނުގައި ހުރި މީހަކު ނަޒޫއާ ފޮށުނީމަ އަހަރެން ފަހަތަށް ބަލަން ހަދައިގެން ދަރުމަވަންތަ ހޮސްޕިޓަލް ހަމަ ކުރިމަތިން ޕޭމަންޓުގައި ޖެހި ކަހާލީ" އާޒިފް ބުނެފައިވެއެވެ.
ނަމަވެސް މިހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓު ވެފައިވަނީ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލް ކޮންޓްރޯލް ނުވެ ދުވާ ޓްރެކް މައްޗަށް އެރުމުން ކަމަށެވެ.
އާޒިފް ބުނި ގޮތުގައި ވިލިމާލޭގައި ހުރެފައި ނަޒޫ އެރޭ މާލެ އައީ ވެސް ދެމީހުން އެކުގައި ސައިކަލު ދުއްވާލަން ދާން ކަމަށެވެ. ނަމަވެސް ޓާމިނަލުން ނައްޓާލައިގެން މާދުރަށް ނުދެވެނީސް އެކްސިޑެންޓުވީ ނަޒޫއާ މީހަކު ފޮށުމުން ފަހަތަށް އެނބުރި ބަލާލި ވަގުތުގައެވެ.
އާޒިފް ބުނި ގޮތުގައި ސައިކަލް ވެއްޓުމާއެކު އޭނާ ތެދުވެ ބަލައިލި އިރު ނަޒޫ އޮތީ، މަގުގެ މޫދާވީ ކޮޅުގައި ކަސްރަތަށް ހަދާފައި އޮތް ޓްރެކްމަތީގައެވެ. އޭރު ނޭފަތުންނާއި ކަންފަތުން ލޭ އަންނަ ކަމަށް އެމަންޒަރު ސިފަކޮށް ދެމުން އާޒިފް ބުނެފައިވެއެވެ.
"އެތަނުން ނަޒޫ ނަގަން އެހީވި، ދަރުމަވަންތަ ހޮސްޕިޓަލްގެ ޕޮލިސް ޕޯސްޓްގައި އިން އަންހެން ފުލުހަކު، ބިންމަތިން ނެގި އިރަށް ގުޅަގުޅަޔަށް ހޮޑަށް ލޭ އައި. އޭރު ވެސް ހޭހުރި." އާޒިފް ބުންޏެވެ.
ތި ލޯބިވެރިޔާ އަކީ ކުށުގެ ރިކޯޑްގެ ބޮޑެއް.. ޖަލުން ދޫކޮށްލީ އިހަކަށްދުވަހު.. ލައިސަނސް ނެތި ބާރަށް ދުއްވައިގެން މީހަކު މަރުވީމަވެސް އޭނަ ދޫކޮށްލާފް.. އަޖަިބު ހީވޭ
މޮޅު ވާހަކައެއް ބުނެލީ ދޯ.ކަލޭމެން ހީކުރަނީ ދެންތިބެނީ މޮޔައިން ކަމަށްތަ؟މަޑު މަޑުން ގޮސްގެން ފަހަތަށް ބަލާލައިގެން ތަނެއްގަޖެހި ތިވަރެއް ނުވާނެ.މަޝްހޫރު މީހަކު ފަހަތުގަ އިނީމަ ދުނިޔެ ރަންވީ.ސީސީޓީވީ ފުޓޭޖެއްވެސް ނެތްކަން އެނގުނީމަ އެއްޗެއްބުނެލީ.އެވަގުތުވެސް ބުނަންވީނުން މިހެންނޭވީ.ހުރިހާވެސް ދެރައެއް އެލިބުނީ އެމަރުހޫމުގެ އާއިލާއަށްތާ.މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި.އަދި ސައިކަލް ދުއްވި ކުއްޖާއަށް އެކަމުން އިބުރަތްލިބި ބާރަށް ސައިކަލް ދުއްވާމީހުންނަށް ހެޔޮވިސްނުންދެއްވާންދޭ.އާމީން.
ހެޔޮޮ ވިސްނުމޭ؟ ތިކަމެއްް ނުވާނެެ…އަނެއްކާވެސްް ގަޓުކަންް ދައްކަންް އެހެންް ކުއްޖެއްް ސައިކަލްް ފަހަތަށްް އަރުވައިގެންް ދުއްވަންް ފަށާނެެ…ކުރިއަށްވުރެެ ވެސްް ބާރަށްް…ގޯޯ ފޮޮ އިޓްް ބްރޯޯ…
ބްރޯޯ ހިމޫންވާާ ދުވަހުު ތިކަންް ހުއްޓޭނެެ… އެކަންް ވަންދެންް ސްޕީޑްް ދަށްނުކުރާތިި..
ފުރަތަމަ ކަމަކީ ޑްރައިވިންގް ލައިސެންސް ނެތި ދުއްވުން. ލައިސަންސް ނަގަން ދެބާވަތެއްގެ ޓެސްޓެއް ދޭނެ. ދުއްވަންވީ މިންވަރާއި މީހާގެ ވިސްނުން ބަހައްޓަންވީ ގޮތް އެނގޭނެ އެޓެސްޓަށް ތައްޔާރުވާއިރު. ހަމަ އެކަނި ސައިކަލު ނުވެއްޓި ދުއްވަން އެނގުނަސް ކަމަކު ނުދާނެތީ ލައިސަންސް ނަގަން ވެސް ޖެހެނީ.
ޒިންމާވާނ ޖެހޭނ ކުށެއް ނެތ ލޯބ ލޯބ ކުއްޖެއްގ ފުރާނައެދިޔައ.. ގާނޫނެއ ގަވާއިދަކަށ ބެލުމެއ ނެތ އަމިއްލަޔަށ މޮޅުވާނ އުޅެގެނ ވާނ ހައެތިވ.
ދެމީހުންގެ މަސަލައެބައޮތް ލައަސަންސް ނެއް މީހެއްގެ ފަހަތައް އެކަން އެގިހުރެ އަރާތީ ދެރައީ ގައިމު ލައަސިންސް ނުނަގަންޔާ ފަހަތައް ނާރާނަމޭ ބުނާނަމަ ލައިސަންސް ނެތި ދުއްވާ ކިތައް ޒުވާނުން ލައިސަންސް ނަގާނެ
ބްރޯ ކީބޯޑްގެ ސުކުން ފިތްް ހަލާކުވީތަ؟
ޢޭނަަ ހައްޔަރުކޮށްގެންް ދައުވާކުރަންް ޖެހޭނެ