އިންޑިއާގައި ފެށި ސީޕްލޭން ދަތުރުތައް މެދުކަނޑާލީ އިންޑިއާގައި ސީޕްލޭން ހެނގަރެއް ނެތިގެން
 
                                                    ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެހީގައި އިންޑިއާގެ ސްޕައިސް ޖެޓުން ފެށި ސީޕްލޭން ދަތުރުތައް މެދުކަނޑާލައިފިއެވެ.
ސީޕްލޭން އޮޕަރޭޝަން 15 ދުވަހަަށް ވަނީ މެދުކަނޑާލާފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ "އިންޑިއަން އެކްސްޕްރެސް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސީޕްލޭން އޮޕަރޭޝަން ބޭނުންކުރާ ބޯޓުގެ މެއިންޓެނަންސް މަސައްކަތް ކުރާނެ ހެނގަރެއް އިންޑިއާގައި ނެތުމުން ބޯޓުގެ މެއިންޓެނަންސް އަށް ރާއްޖެއަށް ވަނީ ފޮނުވާލާފައެވެ.
ގުޖުރާތު ސަރުކާރުގެ ޑިރެކްޓާ އޮފް ސިވިލް އޭވިއޭޝަން ކެޕްޓަން އަޖޭ ޖޯހާން އެނޫހަށް ވިދާޅުވީ ސީޕްލޭންތައް މެއިންޓްނޭސް ކުރަން ޖެހޭ ކަމަށާއި މިގޮތުން ދުއްވާ ގަޑިއިރާއި ޑިސްޓެންސް އަށް ބަލައި ކުރަންޖެހޭ މެއިންޓެނެންސް ހުންނަ ކަމަށެވެ.
"ރާއްޖެއިން އިންޑިއާއަށް ސީ ޕްލޭންއައީ އުދުއްސާފަ. އެއީވެސް ވަރަށް ބޮޑު ޑިސްޓެންސެއް. ދުއްވާ ގަޑިއިރާއި ޑިސްޓެންސް އަށް ބަލައި ކުރަންޖެހޭ މެއިންޓެނެންސް ހުރޭ. މި ސީ ޕްލޭންތަކަކީ އިންޑިއާގައި ރެޖިސްޓްރީކޮށްފައި ހުރި ސީ ޕްލޭނެއް ނޫން، އަދި މެންޓެނަންސް ހަދާނެ ސީ ޕްލޭން ހެނގަރެއް ވެސް އިންޑިއާގައި ނެތް. ސީ ޕްލޭންއަކީ ދުއްވާފައި ގޮސް ރަންވޭގައި ފްލައިޓް ގޮތަށް ޖެއްސޭ އެއްޗެއް ނޫން" ކެޕްޓަން ބުނެފައިވެއެވެ.
މޯލްޑިވިއަންގެ އެހީގައި އިންޑިއާގައި ފެށި ސީޕްލޭން ދަތުރުތައް ބާއްވަނީ ކެވާޑިއާ އާއި އަހްމެދަބާދް ދެމެދުގައެވެ. މޯލްޑިވިއަން އިން އިންޑިއާގެ ސްޕައިސް ޖެޓަށް ކްރޫންނާއެކު، ސީ ޕްލޭނެއް ވަނީ ލީސްކޮށްފައެވެ.
 
 

 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
ސީޕްލޭން އެއް ރަންވޭ އަށް ޖައްސާފަ އޮށްވަ ނުފެންނަނީ
ދުނިޔޭގެ ދެވަނަ އާބާދީގަ އެގަރެއްނެތް. ކީއްކުރާ ބައެއްތީ