ޚަބަރު

މާލޭގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ މީހުންނަށް ސަރުކާރުން އެހީ ވަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާލޭ ސިޓީގައި ބޯހިޔާވަހިކަމެއް ނެތި މަގުމަތި ވެފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ފަށައިފިއެވެ.

Ads by MWSC

މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ދިނުމުގެ މަގުސަދުގައި ކަމާ ގުޅުންހުރި ދާއިރާތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަނެއްކާ ވެސް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެއެވެ.

އެފަދަ ފަރާތްތަކާ ގުޅޭ މައްސަލަ ރިޕޯޓް ކުރުމަށް އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 ހާއްސަ ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މާލޭގެ މަގުތައްމަތީގައި ހާލުގައި ޖެހިފައިވާ އެތައް ބަޔަކު މިހާރު އުޅެއެވެ. އެގޮތުން، ކަރާ މާރުކޭޓް ބިއްދޮށުގައި ހުންނަ ގޮޅިތަކުގައި އެކަނި ވެސް ތިރީހަކަށް ދިވެހީން ދިރިއުޅެއެވެ.

މާލޭގައި ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި އުޅެން ޖެހިފައިވާ މީހުންގެ ހާލު ބަޔާންކޮށް “ދެން” އިން ވާނީ ވީޑިއޯ ރިޕޯޓެއް ގެނެސްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!