ޚަބަރު

781 މިލިއަން ރުފިޔާގެ ވައްކަމަށް އިއުތިރާފުވުމުން ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އޭނާއަށް ކުރި 32 ދައުވާއަށް އިއުތިރާފުވުމުން ޒިޔާތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން މިއަދު އެދިއްޖެއެވެ.

Ads by Sosun Fihaara

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާގެ މަޤާމުގައި ހުންނަވައި އެ ކުންފުނި މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް ޒިޔަތު އެއްބަސްވެފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. އޭނާ މި ދައުވާތަކަށް އެއްބަސްވެފައި ވަނީ އަދަބު ލުއިކުރާ ގޮތަށް ދައުލަތާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ޒިޔަތު އިޢުތިރާފު ވެފައި ވަނީ ޖުމްލަ 50.7 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްވި ކަމުގައެވެ. އެއީ ގާތްގަނޑަކަށް 781 މިލިއަން ރުފިޔާއެވެ.

އެދުވަހުގެ އިޖުރާއީ އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ އޭނާ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވި ފަދައިން، މައްސަލަ އަނބުރާ ގެންދަން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އެއްބަސްވުމުގެ ދަށުން ކަމަށެވެ.

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.

ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތުގެ މައްޗަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އޭނާ މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.

Ads by HDC
  1. ކުށް ކުށާއި ކުށަކީ ކުށެކެވެ.

    ދެން ތިވަރށް ހެއްވާ އުޞޫލެއް. ރައްޔިތުންގެ ހައްޤުގެ 781 މިލިއަން ރުފިޔާ ބަނޑުއެޅީމަވެސް ގޭގަ އަރާމުކޮށް ކައިގެން ފިލްމް ބަލާފަ ނިދަނީ. ރ. ޔާމީން 15.42 މިލިއަން ރުފިޔާ ދިރުވާލީމަ ޖަލުގަ. ތިދެން އެއްވެސް އިންސާފެއް ނޫން ދެއްތޯ؟ ތީނަ އެ 781މ ރުފިޔާ އަނބުރާ ދައުލަތަށް ދޭން އެއްބަސްވިނަމަ ރަނގަޅު އަދަބު ލުއިކޮށްދޭން. އަޅުގަނޑުގެ ހިޔާލު މީ!
    ކުށް ކުށާއި ކުށަކީ ކުށެކެވެ.