ޚަބަރު

ކޮވިޑް ފެތުރޭނެއޭ ބުނެ ފިޔަވަޅު ނާޅާ ނުތިބެވޭނެ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ހުރިހާ ރަށަކަށް ކޮވިޑް ފެތުރޭނެއޭ ބުނެ ފިޔަވަޅު ނާޅާ ނުތިބެވޭނެ ކަމަށް ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ރޯގާ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޖެހުމަކީ މިކަމާ ގުޅޭ ގިނަ މާހިރުން ގަބޫލު ކުރާގޮތް ކަމަށާއި މިކަމާ ގުޅޭ މާހިރުން ތިބީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށެވެ. އަދި މިކަމާ ގުޅޭ ގިނަ މާހިރުންނަކީ "އަޅުގަނޑުމެންގެ" ވެސް ގާތް ތިމާގެ ވެސް މީހުން ކަމަށާއި މި ވާނުވާ އެނގިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދެގެ މި ވާހަކަތަކާ ގުޅިގެން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރަމުން އައީ މި ވައިރަސް ރާއްޖެއަށް ވެސް އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށާއި، މިހާރު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެހެން ރަށަކަށް ވެސް ބަލި ފެތުރިދާނެ ކަަމަށް ވިސްނައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ރިސްކެއް ނެގޭކަށް ނެތް، މިވަގުތު އެހެން ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް އައުމަކަށް،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަނީ ކާވް ފްލެޓް ކުރަން ނުވަތަ ގުދު ފަތިކުރަން ކަމަށާއި، އެއް ރަށުން އަނެއް ރަށަށް ވައިރަސް ފެތުރި، މުޅި ރާއްޖޭގައި އެއްފަހަރާ ބަލި ފެތުރިއްޖެނަމަ ސިއްހީ ނިޒާމަށް ނުއުފުލޭ ވަރަށް ބުރަ ބޮޑުވާނެކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މަސައްކަތް ކުރާނީ ވީވަރަކުން ހުރިހާ ރަށެއް ވެސް މިހާރު އޮތް ހާލަތުގައިި ބާއްވައި ބަލި ފެތުރުނަ ނުދީ ހިފެހެއްޓުމަށް، ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެއީ މިކަމުގައި އެންމެ ރަނގަޅު ގޮތް." މަބްރޫކް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!