ދުނިޔެ

ކޮވިޑް ބަލީގައި މަރުވި ބައެއް މީހުންގެ ހަށިތައް ސަރުކާރު ޚަރަދުގައި އަންދާލަން ލަންކާގެ ރައީސް އަމުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ޝްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން އާއިލާއިން ހަވާލު ނުވި މީހުންގެ ހަށިތައް، ސަރުކާރު ޚަރަދުގައި އަންދާލުމަށް އެޤައުމުގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ އަމުރު ކޮށްފިއެވެ.

Ads by Sosun Fihaara

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފައި ވަނީ ކޮވިޑް ބަލީގައި މިދުނިޔެ ދޫކުރި ބައެއް މީހުންގެ ޢާއިލާތަކުން އެމީހުންގެ ހަށިތަކާއި ހަވާލުވާން ދެކޮޅު ހަދާފައިވާ ކަމަށާއި ބައެއް އާއިލާތަކަށް އެހަށިގަނޑުތައް އަންދާލަން ލާނެ ސަންދޯކެއް ވެސް ހޯދެން ނެތް ކަމަށެވެ.

އެހެންކަމުން އެފަދަ ހާލަތެއް ޖެހިފައިވާ ހަށިތައް، ޕޮލިސް މޯޗަރީ ގައި ބާއްވާފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް އެސެންޓަރުން ބުނެފައިވެއެވެ.

ޑިޒާސްޓާރ ސެންޓަރުން އިތުރަށް ބުނެފައި ވަނީ މިކަން ރައީސް ގޯޓާބަޔާ ގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށާއި، މިފަދައިން ޢާއިލާއިން ހަވާލުނުވެ ތިބި މީހުންގެ ހަށިތައް ލަންކާ ސަރުކާރުގެ ޚަރަދުގައި އަންދާލުމަށް ރައީސް އަމުރު ކޮށްފައިވާ ކަމަށެވެ. އެހަށިތައް އަންދާލުމުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ކަނޑައަޅާފައިވާ ގައިޑްލައިނަށް ޢަމަލު ކުރުމަށް ވެސް ގޯޓާބަޔާ އިއްޔެ އިރުޝާދު ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!