ޚަބަރު

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު މާދަމާ ތޫފާނަކަށް ބަދަލުވެ ރާއްޖެއަށް އަސަރުކުރާނެ : މެޓް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު މާދަމާ ތޫފާނަކަށް ބަދަލުވެ އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް)ން ބުނެފިއެވެ.

Ads by MWSC

މެޓް އޮފީހުން ނެރެފައިވާ ބަޔާނުގައި ވާގޮތުން ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު ، އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިތޫފާން ހުޅަނގަށް ދަތުރުކޮށް ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެފައި ވެއެވެ.

"މި ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މިއޮފީހުން އުސޫލުގެ ތެރެއިން،ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް ޢާންމު ކުރެވެމުން ދާނެއެވެ". މެޓްގެ ބަޔާނުގައި ވެއެެވެ.

މި ކޮޅިގަނޑުގެ އިތުރުން ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ވަނީ ކޮޅިގަނޑެއް އުފެދިފައެވެ. މި ކޮޅިގަނޑުގެ އަސަރު ބުރާސްފަތި ދުވަހު ރާއްޖެ އަށް ކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!