ދުނިޔެ

7 ދުވަސް ކަރަންޓީނަށް ފަހު ޓެސްޓްކޮށްފައި ދޫކޮށްލަން ސީޑީސީއިން ނިންމައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

7 ދުވަހުގެ ކަރަންޓީނަށް ފަހު ޓެސްޓުކޮށް ބައްޔަށް ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުން ދޫކޮށްލާ ގޮތަށް އެޤައުމުގައި ނިންމާފައިވާ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޗަން ސެންޓަރު (ސީޑީސީ) އިން ވައިޓް ހައުސްއަށް އަންގައިފިއެވެ.

Ads by WAMCO

އެމެރިކާގެ ނޫސްތަކުން ބުނެފައިވަނީ ސީޑީސީގެ ޑިރެކްޓަރު ޑރ. ރޮބަޓް ރެޑްފީލްޑް އިން ކޮވިޑް-19 ޓާސްކް ފޯސްގެ ވެރިޔާ، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އަދި މިބަދައްލުވުމުގައި ކަރަންޓީންގެ މުއްދަތު 14 ދުވަހުން 7 ދުވަހަށް ބަދަލު ކުރުމަށް އަންގާފައިވާ ކަމަށެވެ.

ސީއެންއެން އިން ބުނި ގޮތުގައި ސީޑީސީން ކަނޑައަޅަނީ ކަރަންޓީނުގައި ހަތް ދުވަސް ވުމަށް ފަހު އެ މީހަކު ބޭނުން ނަމަ ޓެސްޓުކޮށް ނެގެޓިވް ވުމުން ހަތް ދުވަސް ފަހުން ދޫކޮށްލާ ގޮތަށެވެ. އެއީ ހަތް ދުވަސް ތެރޭ ކަރަންޓީނު ނިންމަން ބޭނުންވާ ނަމައެވެ. އެކަމަކު ކަރަންޓީނުގައި 10 ދުވަސް ފުރިހަމަކުރާ ނަމަ ޓެސްޓް ނުކޮށް ދޫކޮށްލާނެއެވެ.

ސީޑީސީ އިން މިގޮތަށް ނިންމާފައި މިވަނީ ކަރަންޓީންގެ މުއްދަތު ކުޑަކޮށްދިނުމަށް ސީޑީސީގެ ކިބައިން ނައިބު ރައީސް އެދި ވަޑައިގެންނެވިތާ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ކޮވިޑް-19ގެ އިންކިއުބޭޝަން މުއްދަތު ނުވަތަ މި ބަލި ޖައްސާ ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު ވައިރަސް ގިނަވެ، ހަށިގަނޑުގައި ބަލި ހުރިކަން އެނގެން ނަގާ މުއްދަތަކީ ޓެކްނިކަލް ގޮތުން 14 ދުވަހެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން މިހާރު ވިދާޅުވަނީ މީޑިއަމް ނުވަތަ އެވްރެޖް އިންކިއުބޭޝަން މުއްދަތަކީ ފަސް ދުވަސް ކަމަށް ބެލެވޭނެ ހެކި މިހާރު އެބަހުރި ކަމަށެވެ.

Ads by Allied Insurance
  1. މީި މަ

    އެމެރިކާާ ޑޮކްޓަރުންް ރާއްޖެެ ކިޔަވަންް އަންނަންް ފެނޭޭ………..

  2. ޓެޑްރޮސް

    ސެންޑް މައިމޫނާ ޓޫ ޔޫއެސް ފޮރ އަ ވައިލްް
    މިވަމުންދާ ގޮތް ގެޓްވޭތޯ ބަލަން
    ޑިސްގަސްޓިން މައިމޫ