ޚަބަރު

ރާއްޖެއާއި ދުބާއީއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއާއި ދުބާއީއާ ދެމެދު މުދާ ގެނައުމުގެ ހިދުމަތް މޯލްޑިވްސް ސްޓޭޓް ޝިޕިންއިން ފަށައިފިއެވެ.

Ads by STELCO

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ދުބާއީން މުދާ ގެނައުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ރާއްޖެއާއި ދުބާއީއާ ދެމެދު ދަތުރު ކުރަން ހަމަޖެހިފައި ވަނީ ކޮންމެ 10 ދުވަހަކުންނެވެ.

މިހާރު މުދާ ގެނައުމުގެ ހިދުމަތް ، ސިންގަޕޫރު މެލޭޝިޔާ ކޮލަމްބޯ ދުބާއީ އަދި އިންޑިއާގެ ކޮޗިން އާއި ޓުޓިކޮރިން އިން ދަނީ ކުރަމުންނެވެ. މި މަސައްކަތް ފަށާފައިވަނީ ދުބާއީގައި ހުންނަ މޯލްޑިވްސް ސްޓޭޓް ޝިޕިންގް އޭޖެންޓު މެދުވެރިކޮށްކަމަށް ސްޓޭޓް ޝިޕިންގއިން ބުނެއެވެ.

ދުބާއީއާއި ރާއްޖެއާ ދެމެދު މުދާ ގެނައުމުގެ ޚިދުމަތަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް މުދާ ގެނެއުމުގައި ލިބިގެންދާ ފަހި ފުރުސަތެއްކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ބުނެއެވެ.

Ads by Allied Insurance
  1. ކީއްވާނީ އަޅެ ޕަަސެންޖަރ ލައިނެއް ޓްރެވެންޑްރަމް އާއި މާލެއާއި ދޭތެރެ ބޭއްވިޔާ…