ބޮލީވުޑް މުނިފޫހިފިލުވުން

ބާރްތީއާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރުމުން ހަރްޝް ހޫނު ފެނަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިޔާ އަށް މިއީ ތަންކޮޅެއް މާޔޫސް ދުވަސްކޮޅެއް ކަމަށް ސިފަވެއެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި އެދެމީހުންނަށް ހަޖޫ ޖަހާ މީހުން ވަރަށް ގިނައެވެ.

Ads by MWSC

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ބާރްތީ އާއި ހަރްޝް ދިރިއުޅޭ ގޭ ތެރެއިން މަސްތުވާތަކެތި ފެނުނު ފަހުން، އެދެމީހުންގެ ފޭނުން ވަނީ ވަރަށް ބޮޑަށް އެމީހުންނަށް ނުރުހުން ފާޅުކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު މަސްތުވާތަކެތީގެ މިމައްސަލައިގައި ހަރްޝް އާއި ބާރްތީ ހައްޔަރު ކުރުމަށްފަހު މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް މިމައްސަލަ ބެލުންތެރިންގެ ހިތްތަކުން އަދި ފިލައިގެންދާ ވަރެއް ނުވެއެވެ.

މިކަން ހާމަ ވެގެންދިޔައީ ވަރަށް ފަހުން، ބާރްތީ އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވުމުންނެވެ.

އަނބިމީހާއާއެކު ވަރަށް ލޯބިން ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކުރުމުން، ބައެއް މީހުން އެފޮޓޯތަކަށް ތައުރީފު ކުރި ނަމަވެސް ގިނަ މީހުން ވަނީ އެމީހުންނަށް ފާޑުކިޔާ ހަރްޝް ފޫނު ފެނަށް ވައްޓާލާފައެވެ. އެކަކު ވަނީ އެމީހުން ބޭނުން ކުރަނީ ކޮން މަސްތުވާ ތަކެއްޗެއްތޯ ވެސް ސުވާލު ވެސް ސުވާލު ކޮށްފައެވެ.

މިމައްސަލައާ ގުޅިގެން، ބާރްތީ ހަރަކާތްތެރިވާ "ދަ ކަޕިލް ޝަރްމާ ޝޯ" އިން އޭނާ މިހާރު ވަކިކޮށްފައިވާ ކަމަށް ވެސް އަޑުތަކެއް ފެތުރިފައި ވެއެވެ. ނަމަވެސް އެޝޯގައި އުޅޭ ކުރުޝްނާ ވަނީ މިވާހަކަތައް ދޮގު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!