ލައިފްސްޓައިލް

ބޭކިންގް ސޯޑާގެ ސަބަބުން ހަންގަނޑަށް ބޮޑު ފައިދާއެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ގިނަ ބަޔަކު ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެހެންކަމުން އެކަމަށް ، އެކި ކަހަލަ ކްރީމްތައް އުނގުޅައި އެކި ކަހަލަ ބޭސްތައް ބޭނުންކޮށް ވެސް އުޅެއެވެ. އެހެންނަމަވެސް މިއޮތީ ގޭގައި ހުރެގެން ކޮށްލެވިދާނެ ކަމެކެވެ.

Ads by MWSC

ގިނަ ބަޔަކަށް އެނގިފައި އޮންނަނީ ބޭކިންގް ސޯޑާއަކީ ހަމަ އެކަނި ކެއުމަށް ބޭނުން ކުރާ އެއްޗެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ބޭކިން ސޯޑާއަކީ ހަމަ އެކަނި ކާނާ ތައްޔާރު ކުރުމުގެ އިތުރުން އިތުރު އެކި ބޭނުންތަކަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އޭގެން އެއް ގޮތަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށެވެ. މޫނުގައި ތިޔަ ނަގާ ބިހިތަކުން ސަލާމަތް ވާން ބޭނުން ހެއްޔެވެ؟ މިކަން ވެސް ބޭކިންގް ސޯޑާއިން ރަނގަޅު ކޮށްލަދޭނެއެވެ.

ބޭނުންވާނެ ތަކެތި

  • އެއް ސައި ސަމުސާ ބޭކިންގް ސޯޑާ
  • ފްރެޝް އޮރެންޖު ޖޫސް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ކުޑަ މިންވަރެއްގެ އޮރެންޖު ދިޔައިގެ ތެރެއަށް އެއް ސައިސަމުސާ ބޭކިންގް ސޯޑާ އަޅާ ރަނގަޅަށް ގިރާލާށެވެ. އަދި އެއަށް ފަހު މޫނުގައި އުނގުޅާލާށެވެ. އުނގުޅާލުމަށް ފަހުގައި 15 ނޫނީ 20 މިނެޓު ވަންދެން ހިއްކާލަން ބެހެއްޓުމަށް ފަހު މޫނު ސާފު ކޮށްލާށެވެ. ސާފު ކުރުމަށް މޫނު ދޮންނާނީ އެއް ނޫނެވެ.

ކަފަ ގަނޑަކަށް ކުޑަ ވަރެއްވެ ފިނިކުރި ފެންފޮދެއް ޖެހުމަށް ފަހު ފޮހެލާ ސާފު ކޮށްލާށެވެ. އަދި ތިމާގެ މޫނުމަތިން އުޖާލާ ކުރަނިވި ތަފާތުތައް ދެކިލާށެވެ.

ބޭކިންގް ސޯޑާގެ ސަބަބުން ހަންގަނޑަށް ލިބިދޭ ފައިދާތައް

  1. ހަންގަނޑު ދޮންވުން
  2. ބިހިތައް ގެއްލުން
  3. ހަންގަނޑު އޮމާންވުން
  4. މޫނު މަތީގެ ކަޅުވެފައި ހުންނަ ތަންތަން ރަނގަޅުވުން
  5. "ބްލެކް ހެޑް" ނައްތާލުން
  6. ބޭނުން ނުވާ މާއްދާތައް ނައްތާލުން
  7. ނުބައި ވަސް ފިލުވާލުން
  8. ފުންނާބު ރީތި ކޮށްދިނުން

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!