ޚަބަރު

ރައީސަށް މަރުހަބާ ދެންނެވުމަށް ސުކޫލު ކުދިން ނެރުމަށް އަންގާފައެއް ނުވާނެ: ސަރުކާރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސަށް މަރުހަބާ ދެންނެވުމަށް ސުކޫލު ކުދިން ނެރުމަށް އަންގާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހޫދު މިހެން ވިދާޅުވެފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މި ހަފްތާތެރޭގައި ލާމު އަތޮޅު ގަމަށް ކުރައްވާ ޒިޔާރަތުގައި، ރައީސަށް މަރުހަބާ ދެންނެވުމަށް ސުކޫލު ކުދިން ނެރުމަށް އަންގާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އެކަމާ ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫން ކަމަށެވެ.

“‏އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށް ވެސް އަންގައިފައެއް ނުވާނެ.”ހޫދު ވިދާޅުވިއެވެ.

މިފަދަ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރި ނުކުރުމަށް ރައީސް ސޯލިހުވެސް އެދިވަޑައިގަންނަވާ ކަމަށް ހޫދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!