ޚަބަރު

ކޮވިޑް ވެކްސިން ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހިލޭ ލިބޭނެ: ރައީސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ވެކްސިން ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވީ މީހުންގެ ތެރޭގައި ގިނަ ބިދޭސީން ވެސް ހިމެނޭއިރު ރައީސް ވިދާޅުވީ ކޮވިޑް ވެކްސިން ދިނުމުގައި އެއްވެސް މީހަކު ބާކީ ނުކުރައްވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެސް ހިލޭ ވެކްސިން ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ މިއަދު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި އިންޖީނުގެ، އެއް ނެޓްވޯކަކުން ގުޅާލުމާއި ފުޓުބޯޅަ ދަނޑު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގައި މިހާރު ކުރިއަށް ދަނީ ވެކްސިން ޖެހުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަައް ކަމަށާއި އެކަމަށް ނޭޝަަނަލް ސްޓިއަރިން ކޮމިޓީ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް އެޗްއީއޯސީއިން ވެސް ވިދާޅުވިއެވެ.

ވެކްސިންތަކުގެ ތެރެއިން ރާއްޖެ އިން ހޯދަން މަސައްކަތް ކުރަމުން ދަނީ އޮކްސްފަޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނިކާގެ ވެކްސިނާއި މޮޑާނާގެ ވެކްސިނެވެ.

Ads by Allied Insurance
  1. ރައްްޔިތުން

    މަރުބާ