ދުނިޔެ

ހަރުފަ ވިހަ ލައިގެން ލޯ ކަނުވެ ވާގި ނެތުނު އިނގިރޭސި ވިލާތު މީހާ ރަނގަޅު ވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑު-19 އަދި މެލޭރިޔާ ޖެހި ރަނގަޅު ވެފައިވާ މީހަކަށް އިންޑިއާއިން "ކޮބްރާ" ހަރުފައެއް ވިހަލުމުން ވެސް އެއްވެސް އަސަރެއް ނުކުރާ ކަމަށް އިންޑިއާގެ ޑޮކްޓަރުން ބުނެފިއެވެ.

Ads by Sosun Fihaara

މި މީހާއަކީ އިނގިރޭސި ވިލާތަށް ނިސްބަތްވާ "ޗެރިޓީ" އެއް ހިންގަމުން އަންނަ މީހެކެވެ، މި މީހާ އިންޑިއާ އަށް ގޮސްގެން އުޅެނީ ޗެރިޓީގެ މަސައްކަތެއްގައެވެ. މިހެން ގޮސް އުޅުމުގެ ތެރޭގައި އޭނާ ވަނީ މެލޭރިޔާ އަދި ކޮވިޑު-19 ޖެހި ބަލިން ރަނގަޅު ވެސް ވެފައެވެ. އެއަށް ފަހުގައި އޭނާގެ ގައިގައި ވިހަގަދަ ހަރުފައެއް ވަނީ ވިހަ ވެސް ލާފައެވެ.

ބޭރުގެ ޚަބަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިހަ ލީ ވަގުތު ކުޑަކޮށް އޭނާގެ ލޮލުގެ ފެނުން ފުސް ވެ ހިނގަން އުނދަގު ވީ ނަމަވެސް މާ ބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އިސްވެ ދިޔަ ކަންކަމަކީ ވިހަގަދަ ހަރުފައެއް ވިހަ ލުމުން ފެންނާނެ އެންމެ އާދައިގެ އަލާމާތްތަކެވެ، އެހެން ނަމަވެސް މި މީހާ އިންޑިއާގެ ހޮސްޕިޓަލުގައި އެއް ހަފްތާ ވަންދެން އެޑްމިޓު ކުރުމަށް ފަހު މިހާރު ވަނީ ގެއަށް ފޮނުވާލާފައެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑު-19 ގެ ސަބަބުން އަމިއްލަ ގައުމަށް ދެވެން ނެތް ނަމަވެސް އޭނާ ބޭނުންވަނީ ކުރަމުން އައި މަސައްކަތް އިންޑިއާގައި ފުރިހަމަ ކުރާށެވެ. އަދި މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އޭނާ ދެމިހުންނަން ބޭނުން ވާތީ އެކަން އޭނާގެ އާއިލާއިން ފާހަގަ ކުރެއެވެ. އަދި އެކަމާ ރުހި ގަބޫލު ވެސް މެއެވެ.

ޑޮކްޓަރުން ބުނީ މިހާރު އޭނާ އެއްކޮށް ރަނގަޅު ނުވި ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާ އެއްކޮށް ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!