ޚަބަރު

ކޮވިޑް-19: ގުޅުމެއްނެތި ފައްސިވާ މީހުންގެ އަދަދު އެއްވަނަ އެލާޓަށްވުރެ ދަށްވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެއްވެސް ގުޅުމެއް ނެތި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އެއްވަނަ އެލާޓަށް ވުރެ ވެސް ދަށްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

އެޗްޕީއޭ އިން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 11-17 އާ ހަމައަށް އަދި 18-24 އާ ހަމައަށް އެއްވެސް ގުޅުމެއް ނެތި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހަފްތާއަކު 19 މީހުންނެވެ. އެ އަދަދު 20 އަށް ވުރެ ދަށްވުމުން އެއްވަނަ އެލާޓް ލެވެލް އަށްވުރެ ދަށްވީއެވެ.

އޭގެ ކުރީ ހަފްތާގައި އެއަދަދު ހުރީ 22 ގައެވެ. މިއީ ކޮމިއުނިޓީ ސްޕްރެޑް ހުރި މިންވަރު ބަލަން ބޭނުންކުރާ އެއް ޓްރެންޑެވެ.

އެނގިފައިވާ ގޮތުގައި ފްލޫ ކްލިނިކުން ފައްސިވާ ރޭޓަކީ ވެސް ކޮމިއުނިޓީ ސްޕްރެޑް ހުރި މިންވަރު ބަލަން ބޭނުންކުރާ ހިސާބެކެވެ. ނަމަވެސް މި އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 18-24 އާ ދެމެދު އެ އަދަދު 11 ޕަސެންޓަށް އެރި ނަމަވެސް އޭގެ ކުރީ ހަފްތާގައި އެ އަދަދު ހުރީ ނުވަ ޕަސެންޓުގައެވެ. މި ރޭޓު 10 ޕަސެންޓަށް ވުރެ މަތި ވެފައި ވާތީ ފްލޫ ކްލިނިކުން ފައްސިވާ ރޭޓު ވަނީ މިދިޔަ ހަފްތާގައި ވަނީ ދެވަނަ އެލާޓަށް އަރައިފައި ކަމަށް މައުލޫމާތު ލިބިފައިިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!