މާލެއިން 38000 މީހުންނަށް ކޮވިޑް-19 ޖެހިފައިވޭ - ދިރާސާ

މާލެއިން 38،000 މީހުން ކޮވިޑް-19 ފައްސިވި ކަމަށް މާލޭގައި ކުރިއަށް ގެންދިޔަ އެންޓިބޮޑީސް ދިރާސާ އިން ދައްކައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި އެމްއެންޔޫ ގުޅިގެން މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާ ވަނީ މިރޭ އާންމު ކޮށްފައެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާސާ އާއި ގުޅޭ މައުލޫމާތު ހާމަކުރަމުން އެމްއެންޔޫގެ ޑިރެކްޓަރ އޮފް ރިސާޗް ޑރ.ރަހީމާ އަބްދުއްރަހީމް ވިދާޅުވީ މާލޭގެ އާބާދީގެ 13.4 އިންސައްތަ މީހުނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. މާލޭގެ އާބާދީ އަކީ 208000 މީހުން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި މިހާތަނަށް ބެލި ބެލުމުން މާލޭގެ އަދިވެސް 84 އިންސައްތަ މީހުނަށް ކޮވިޑް ޖެހިފައި ނުވާތީ އަދިވެސް އިތުރަށް ސަމާލުވާންޖެހޭ ކަމަށް ޑރ.ރަހީމާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މި ދިރާސާއިން ދެއްކި ގޮތުގައި މާލޭގައި ދިރިއުޅޭ ކޮންމެ 11 ދިވެއްސަކުން އެކަކަށް ވަނީ ބަލި ޖެހިފައެވެ.