ދުނިޔެ

ގޮތް ނޭނގޭ ބައްޔެއް އަވައްޓެރި އިންޑިއާގައި: ސިއްޙީ މާހިރުންވެސް ހާސްކަމެއްގެ ތެރެއަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އެލޫރޫ ސިޓީގައި ގޮތް ނޭނގޭ ބަލިމަޑު ކަމެއް ފެތުރި، އެތައް ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް 227 މީހަކަށް މިބަލި ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު، ބަލި ޖެހުނު އެކަކު ވަނީ އެބަލީގައި ދުނިޔެ ދޫކޮށްފައެވެ.

އެ ނޫހުގައިވާ ގޮތުން އެލޫރޫގައި ބަޔަކު ބަލި ވާން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ސިޓީގެ ސަރުކާރު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ބަލިވި މީހުންގެ ލޯ ކަރާ، ހޮޑުލަވާ ގޮތްވި ކަމަށެވެ. އަދި ބައެއް މީހުން ހޭ ނެތި، ފިޓު ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ހެލްތު މިނިސްޓަރު އޭ އަލަ ކަލީ ކްރިޝްނާ ސްރިނިވަސް ވިދާޅުވެފައިވަނީ، މިމީހުންނަށް ބަލި ޖެހުނު ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެމީހުން ކޮވިޑް-19އަށް ޓެސްޓް ކުރި ކަމަށާއި އެމީހުންނަށް ޖެހިފައިވަނީ ކޮވިޑް ނޫންކަން ޔަޤީންވާ ކަމަށެވެ.

މީގެ އިތުރުން ބަލިވި މީހުންގެ ފަރާތުން ވައިރަލް އިންފެކްޝަނެއް ނުފެންނަ ކަމަށް ސްރިނިވަސް ފާހަގަ ކުރެއްވިއެވެ. އަދި އެ ބައްޔާ ބެހޭ މައުލޫމާތު އެނގޭނީ ލެބް ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބަލީގެ އަސަރު އިތުރު ބަޔަކަށް ކޮށްފައިވޭތޯ ބެލުމަށާއި ބަލިވި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މީހުންގެ ހާލު މޮނިޓާ ކުރުމަށް އޮފިޝަލުން ގޭ ގެޔަށް ގޮސް މިހާރު ވަނީ ސާވޭއެއް ކުރިޔަށް ގެންދަން ފަށާފައެވެ.

ކޮވިޑް-19 ކޮންޓްރޯލުން ނެއްޓި އިންޑިއާގައި ފެތުރެމުން އަންނައިރު، އުއްތަރަ ޕްރަދޭޝްއަކީ ތިން ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ސްޓޭޓްކަން ފާހަގަ ކޮށްލެވެއެވެ.

Ads by HDC
  1. ޣާދޫ

    ގެރި މޯދީއަށް ޖެހެނިކޮއް ރަނގަޅި