ދުނިޔެ

ސަލާން ޖަހާ މީހެއް ކަމަށް ފުލުހުން ހައްޔަރު ކުރީ ޓިކްޓޮކް ކުޅޭ މީހެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޕާކިސްތާނުގެ އަވަށެއްގައި ފަގީރު ކަމަށް ހެދިގެން ސަލާން ޖަހަމުން އައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެ ހިސާބުގައި ޓިކްޓޮކް ކުޅުމަށް މަޝްހޫރު ތަރިއެކެވެ.

މި މީހާ ހައްޔަރު ކޮށްފައި ވަނީ މަގެއްގެ މަތީގައި ސަލާން ޖަހަން އުޅެނިކޮށް، އެމީހާގެ ކިބައިން ޝައްކުވާ ބައެއް ކަންކަން ފެނުމުން ކަމުގައި ވެސް ޕާކިސްތާނުގެ ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނު ފުލުހުން ވިދާޅުވި ގޮތުގައި، މީހުންނަށް އޮޅުވާލުމުގެ ތުހުމަތުގައި އެމީހާ ހައްޔަރު ކުރިއިރު، އޭނާގެ ޖީބުން ގިނަ އަދަދެއްގެ ޔޫރޯ އާއި ޑޮލަރު ވަނީ ފެނިފައެވެ. އަދި ސަލާން ޖަހައި، މީހުންނަށް އޮޅުވާލައިގެން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި ފުލުހުން ވަނީ ޕާކިސްތާނުގައި ފުލުހަކަށް ވެގެން އުޅުނު ޓިކްޓޮކް ކުޅޭ މީހެއް ވެސް ހައްޔަރު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!