ޚަބަރު

ފްލައިންގް ސްކޫލެއް ހިންގުމުގެ ގާބިލުކަން އެބަހުރި: މޯލްޑިވިއަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމުގެ ގާބިލްކަން އެބަހުރިކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

Ads by MWSC

މޯލްޑިވިއަންގެ ހެޑް އޮފް ޓްރެއިނިން އެންޑް ސްޓޭންޑާޑް އަދި ހެޑް އޮފް އައިޓީއޯގެ ކެޕްޓަން އަހުމަދު ހުނައިނު ވިދާޅުވީ މޯލްޑިވިއަންގައި މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރެއްގައި ހުއްދަ ލިބިފައިވާ ތަމްރީންތައް މިހާރު ވެސް ހިންގަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޕައިލެޓުންނާއި ކެބިން ކްރޫންނާއި ޑިސްޕެޗާސް އާއި އޭވިއޭޝަން ލެންގުއޭޖްގެ ތަމްރީންތައް ވެސް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އުނދަގުލެއް ނުވާނެ އަލަށް ޕައިލެޓްކަން ކިޔަވަން ބޭނުންވާ ކުދިންނަށް ކޯސް ހިންގާކަށް، މިހާރު ވެސް އެއްބަސްވުމެއްގެ ދަށުން އެމްއެންޑީއެފް އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޕައިލެޓުންނާއި އިންޖިނިއަރުންނަށް ވެސް ތަމްރީނު އަންނަނީ ދެމުން" ހުނައިނު ވިދާޅުވި އެވެ.

މޯލްޑިއަނުން ބުނެފައިވަނީ ޕައިލެޓް ޓްރެއިނިންގެ އިތުރުން އިންޖިނިއަރިންގެ ދާއިރާއިން ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ ގާބިލުކަން ވެސް މޯލްޑިވިއަންގައި އެބަހުރި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!