ފުލުހުންނަށްފަހު އެމްޑީޕީގެ ބަދަލު ހިފުން ދެން އަމާޒުވާނީ ދިވެހި ސިފައިންނަށް : ސައީދު

ދިވެހި ފުލުހުންނަށް ފަހު އެމްޑީޕީގެ ބަދަލު ހިފުން ދެން އަމާޒު ވާނީ ސިފައިންނަށް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީގެ ވިސްނުމާއި އެއްގޮތަށް އެކުލަވާލާފައި އޮތް ފުލުހުންގެ ބިލް ފާސްކުރުމާ
ގުޅިގެން އެ ބިލާމެދު ކަންބޮޑުވުން ފާޅު ކުރައްވާ މެންބަރު ސައީދު ވިދާޅުވީ ފުލުހުންނަށްފަހު އެމްޑީޕީގެ ބަދަލު ހިފުން ދެން އަމާޒު ވާނީ ދިވެހި ސިފައިންނަށް ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ދައުވާކުރާއިރު އެކަމާ ގުޅިގެން ތުހުމަތު ކުރެވުނު ބޮޑުން ތިބީ އެމްޑީޕީގެ މި ސަރުކާރުގައި ކަމަށާއި އެ ބިލަކީ ހަސަދައިގެ ތެރެއިން ފާޅުވާ ނުރައްކާތެރި ނިންމުންތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ ފެބްރުއަރީ 7، 2012 ގެ ބަދަލު ހިފުމެއް ކަމަށެވެ.
"ރައީސް ނަޝީދު ވެރިކަމުން ދުރުކަން ވެއްޖެ ކަމަށް ބުނީ މިއަދު އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު. ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނުގައި ފެނުނު ބޮޑުން މި ސަރުކާރު ކޯލިޝަންގައި. ބަދަލު ހިފޭނެ ބާ؟ ނަން ވާނީ ފުލުހުންނާއި ސިފައިން،" ސައީދުގެ ޓްވީޓްގައި ވެއެވެ.
އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް އެކުލަވާލާފައި އޮތް ފުލުހުންގެ ބިލް ފާސްކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އޮތް މަޖިލިސްގެ ޖަލްސާގައެވެ.