ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: ދެ އަނތްބަށް ކައިވެނި ކުރިފަހުން އަހަންނަށް ފިރިމީހާ ގެއްލިއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކައިވެނި ކޮށްގެން އުޅޭ ގިނަ ދިވެހި އަންހެނުން އެންމެ ބޮޑަށް ބިރު ގަނެ ނުވަތަ ހާސްވާ އެއް ކަމަކީ އޭނާގެ ފިރިމީހާ ދެ އަނތްބަށް މީހަކާ އިނދެފާނެތީއެވެ.

Ads by MWSC

އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ދިވެހި ރާއްޖޭގައި ބައެއް ފިރިން އެކަން ކުރަނީ ހަގީގަތުގައި އެކަން ކުރަން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާ މުޅިން ޚިލާފަށެވެ. އަނބިންނާމެދު ހަމަހަމަ ކުރުމަށާއި ޚަރަދު ކުރުން، މިއީ އެފަދަ ފިރިން ހަނދާންވާ ކަންކަމެއް ނޫނެވެ.

މިއީ ވެސް ދިވެހި އަންހެނަކަށް ދިމާވި އެފަދަ ހާދިސާއެކެވެ. ފިރިމީހާ ދެކެވާ ލޯބިން ދެ އަނތްބަށް ކައިވެނި ކުރަން ހުއްދަ ދެވުނުކަމީ އޭނާ ބުނާ ގޮތުން ނަމަ، ކުރެވުނު ވަރަށް ބޮޑު މޮޔަ ކަމަކަށެވެ.

"އަހަރެންގެ ފިރިމީހާ ދެކެ އަހަރެން ހަގީގަތުގައި ވެސް ވަރަަށް ލޯބިވެއެވެ. އޭނާއާއި ވަކިވުން އެއީ ދުވަހަކުވެސް އަހަރެން ބޭނުންވި ކަމެއް ނޫނެވެ.

ފިރިމީހާ އަބަދުވެސް ބުނަމުން އައި އެއްކަމަކީ އޭނާ ދެ އަނތްބަށް މީހަކާ އިންނަން ބޭނުންވާ ކަމެވެ. އަހަރެން އެކަމަށް ދުވަހަކު ވެސް ދެކޮޅެއް ނުހަދަމެވެ. އެއީ ފިރިމީހާ އެހާ ބޭނުންވާ ކަމަކަށް ދެކޮޅު ހަދައިފިނަމަ ދެން އޭނާއަށް ނުބައި މަގަކުން ދެވިދާނެތީއެވެ.

އަހަރުމެންގެ ކައިވެންޏަށް ދެ އަހަރުވީ ފަހުން ދަރިއަކު ލިބުނެވެ. ދަރިފުޅު ވިހައިގެން ހޮސްޕިޓަލުގައި އޮއްވާ ފިރިމީހާ އައީ އަހަންނަށް ގޮވާލަން އެހެން އަންހެނަކު ގޮވައިގެނެވެ. އެއީ ކާކުބާއޭ ސުވާލު އުފެދުނަސް އެވަގުތު އެސުވާލެއް ނުކުރަމެވެ. އޭނާ ގެއަށް ލާފައި އެނބުރި ހޮސްޕިޓަލަށް އައުމުން އަހަރެން އެސުވާލު ކުރުމުން ފިރިމީހާ ބުނީ އެއީ އޭނަ ދެ އަނތްބަށް އިންނަން ބޭނުންވާ މީހާ ކަމަށެވެ. އަދި ހުއްދަ ދޭނަންތޯ އެއްސެވެ.

އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ހެނެވެ. އެވަގުތު އަހަންނަކަށް އެސުވާލަށް ޖަވާބެއް ނުދެވުނެވެ. ނަމަވެސް ފަހުން އެކަމާ ވިސްނާލާފައި އަހަރެންގެ މައްސަލައެއް ނެތް ކަމަށް ބުނީމެވެ.

އޭގެ އެއް މަސް ފަހުން އެދެމީހުން ކައިވެނި ކުރިއެވެ. އަހަރެން ވަރަށް ހިތްވަރުގަދަކޮށް، އެމީހުންނަށްޓަކައި އުފާ ވެވޭތޯ ބެލީމެވެ.

ފުރަތަމަ ހަ މަސް ދުވަސް ދިޔައީ ހީނުކުރާހާ އުފާވެރިކޮށެވެ. އަހަންނާއި ފިރިމީހާގެ ހަގު އަނތްބާ ވަަރަށް ގުޅުނެވެ. ހީވީ ހަމަ އެކުވެރިއަކާ ދިމާވި ހެނެވެ. އަހަރުމެންގެ ދަރިފުޅަށް ވެސް އޭނާ އެއިރު ވަރަށް ރަނގަޅެވެ. ނަމަވެސް ހަ މަސް ފަހުން ކަންކަން އެއްކޮށް ބަދަލުވިއެވެ.

ކުރިން ކޮންމެ ދެ ރެއިން އެއް ރޭ ފިރިމީހާ އަހަރެން ކައިރިއަށް އާދެއެވެ. ނަމަވެސް ފަހުން އަހަރެން ކައިރިއަށް ނައިސް ހަފްތާއެއްވަރު ވެސް ހޭދަ ވެގެން ދިޔައެވެ.

އޭގެއިތުރުން، މަޑުމަޑުން އަހަންނަށް ފިރިމީހާ ގެއްލެން ފެށިއެވެ. ފިރިމީހާގެ އެއްޗެހިތައް އެގެއަށް ގެންދަމުން ގެންދަމުން ގޮސް، އޭނާ ލާން ގެންގުޅޭ ހުރިހާ އަންނައުނެއްހެން އެގެއަށް ގެންދިޔައެވެ. އެކަމާ ސުވާލު ކުރުމުން ފިރިމީހާ ބުނީ އެއީ އަހަންނަކީ ކުޑަ ދަރިއެއް ގެންގުޅޭ މީހަކަށް ވުމުން، އަހަންނަށް ފިރިމީހާގެ ކަންކަން ވެސް ކުރަން އުނދަގޫ ވެދާނެތީ ފަސޭހަ ކުރުމަށް ކަމަށެވެ. ނަމަވެސް އަހަރެން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށާއި ފިރިމީހާގެ ކަންކަން އަހަރެން ވެސް ކޮށްދޭން ބޭނުންވާ ކަމަށް ބުނީމެވެ.

ދެން އަހަންނަށް އެނގެން ފެށީ ފިރިމީހާގެ ލިޔެކިޔުންތަކާއި ކާޑުތައް ވެސް ހަގު އަނތްބާ ހަވާލުކުރި ކަމެވެ. އަދި މީސްމީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑުތައް ވެސް ދިންކަން އެނގުނެވެ. އެކަންކަމާ އަހަރެންގެ ހިތަށް ހަސަދަވެރިކަން ވެރިވާން ފެށިއެވެ. ނަމަވެސް އެއްޗެއް ނުބުނަމެވެ.

އަހަރެން އެއްޗެއް ބުނަން ފެށީ އަހަންނަށާއި އަހަރުމެންގެ ދަރިފުޅަށް ފިރިމީހާ ޚަރަދު ނުކުރަން ފެށުމުންނެވެ. އަމިއްލައަށް ފެނިގެން އެއްޗެއް ނުދޭހާލު އަހަރެން ބުނީމަ ވެސް ނުދެނީއެވެ. އޭނާ ބުނާ ގޮތުގައި އޭނާ ޕިކަޕް ދުއްވައިގެން އެއްވެސް ފައިސާއެއް ގެއަށް ގެންނާކަށް ނުލިބެއެވެ.

އެއް ރޭ އަހަރެން ހުރިހާ ވާހަކައެއް ފިރިމީހާގާތު ކީމެވެ. އަދި އަހަންނާ ދޭތެރޭ ކަންތައް ކުރަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި ދެ އަނތްބަށް މީހަކާއި އިންފަހުން ފިރިމީހާއަށް އަހަންނާއި އަހަރުމެންގެ ދަރި ނުފެންނަ ކަމަށް ވެސް ބުނީމެވެ.

ފިރިމީހާ އަހަންނަށް ދިނީ ދެ ގޮތެކެވެ. ޝަކުވާ ނުކޮށް އޭނާއާއެކު އުޅުން ނުވަތަ ވަކިވުމެވެ. އަހަރެން އަދި ވަކި ގޮތެއް ނުނިންމަމެވެ. އެއީ ފަސޭހަ ކަމަކަށް ނުވާތީއެވެ."

  1. ވަކިގޮތެއްނިންމާފަ އޭނަކައިރިންވަރިވުންރަނގަޅު

  2. މަރްޔަމް

    ވަކިވުން ރަނގަޅު

  3. ދެއަނބިން ގެންގުޅުމަކީ ހިތްވަރުދޭންވީ ކަމެއް. ޕާޓޭންނާ ވަޒީފާ އަދާނުކުރާ މީހުންނާ ބޯހަމަނުޖެހޭ މީހުންނާ ސިންގަލް މެރޭޖެއްގައި އުޅުން މާގޯސް. މިކޭސްގަ ފާހަގަވަނީ ފިރިމީހާއަށް އެޑްވައިސް ނުކުރެވޭކަން ސަޕޯޓިވްވާނަމަ މާރަނގަޅުވާނެ

    • ނޯ ނޭމް

      ޖޯކްސް

    • ދުނިޔެވީ ދެެއަނބި

      އިސްލާމްދީނުގަ ނޯވޭ ފިރިހެނަކު ހެދިހާއެއްޗެއް ހެދިގެން އުޅޭކަށް

    • ތި ކިޔޭ އެއްޗެއް އެބަ އިންގޭތަ

    • ޢިފުރީތަ

      ސަޕޯޓިވްވާށޯ.
      ނުވީމައެއްނޫން އެހެންހެދީ.
      ކުރިންވެސް އެމީހާއާއި ހިތާވެން އުޅުނީީ
      ނުބައި މީހެއް އެއީީ
      ޢޭނާއަށް ލައުނަތްހުރި

  4. ލިއު

    ސޭމް އޭސް މައި ލައި ލައިފް. ލިއު ފިރިމީިހާ އިނީ އަދި ސިއްރުން. މާފަހުން ބުނީ. ހަމަހަމަ އެއްވެސް ނުކުރޭ. އަޅައެއް ނުލާ. އިނދެގެން އުޅުނަސް ފިރިމީހާ ވީ ގެއްލިފަ. ނެއް ފަދަ. ދަރިން ތިބީމަ އުޅެނީ.

    • އައްޔަ

      ދަރިންތިއްބަސް އަމިއްލައަށް އުފާ ނުލިބޭ އިރު ތިމިހަކާ އިދެގެން އުޅުމެކޭ ނޫޅޫމެކޭ ވާނީ އެއްވަރު. ލޯބިވެސް ވާނީ ވަކިވަރަކަށް އޭގެ ބަދަލުގަ ލޯބި ނުލިބެންޔާ ކީއްކުރަން މުޅިލައިފް ވޭސްޓު ކުރަނީ

    • ދަރިން ތިބުމަކީ އަމިއްލަމީހާގެ ދިރިއުޅުން ހަލާކުކޮއްލަން ޖެހޭ ވަރުގެ ކަމެއް ނޫން…

  5. ޙައްވަ

    މަނަމަަ އެއްމެެ ސިކުންތަކުވެސްް ނޫޅޭނަން

  6. ީފާތުން

    އޭނަގެ ފަރާތުން އެއްވެސް އެހީ އެއް ނުލިބޭއިރު އިނދެގެން އުޅުމުގެ ބޭނުމަކީ ކޮބާ!! ވަކިވޭ

  7. މޜުޔަމް

    ދަރިފުލަށްވެސ އަޅާނުލަ މީހަކާ އިދެގެން އުަލޭނެކަމެއްނެތް

  8. ގުލް

    ދެއަނބައް މީހުނާ އިންނާކައް ދޮށިއަންބިމީހާގެ ހުއްދަޔާއިޒުނަ އިސްލާމް ދީނުގައި ހޯދަންޖިހޭ ބާވައެވެ

    • މޮހޮޖް

      މިތާ މިދައްކަނީ ތިވާހަކައެއްނޫން ކޮއްކޯ…

  9. ނޭނގޭ

    އިސްލާމްދީނުގައ އޮންނަނ ދޮށ އަނބ މީހާގ ހުއްދ ނޯދުމަށްް މ ރާއްޖޭގަި ހަދައިގެނ އުޅ ޤަވައިދެއ އެއ ދޮށ އަނބ މީހާގ ހުއްދ ނުހޯދ ދެވަނ ކައިވެނ ކުރެވޭގޮތ އެއ ޔާމީނ ސަރުކާރުގައ އެކުލަވައިލ ޤަވައިދެއް

    • ޜަރާ

      އިސްލާމް ދީނަކު ނޯވޭ ދެ އަނބިން ތަފާތުކުރާކަށްވެސް….

  10. ލިއު

    ދަރިންނަށް އަޅާނުލާ ހަރަދު ނުކުރާ މީހަކާ އެއްކޮށް އުޅުމުގެ ބޭނުމެއް ނެތް. ހެދިހާ ގޮތެއް ވަރިހަމަ ކޮށްލައިގެން އުޅޭކަށް ނުޖެހޭ. ތިމާގެ އަގު ވަޒަން ނުކުރާ މީހަކާ އެކު އުޅުމުގެ ބޭނުމެއް ނެތް.