ސަލްމާން މިސްކިތް ކައިރީ ފީ ދައްކައިގެން ޕާކު ކުރުމުގެ ފުރުސަތު
ސައުދީ ސަރުކާރުން މާލޭގައި އަޅައިދިން ކިންގް ސަލްމާން މިސްކިތް ވަށައިގެންވާ ޕާކިން ޒޯނުގެ ޖާގަތައް ކުއްޔަށް ދޭން އަނެއްކާވެސް ހުޅުވާލައިފި އެވެ.
މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން ބުނީ ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯންކަށް ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެޒޯނުން ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ކެންސަލްވި 27 ޖާގަ އާއި ސަލްމާން މިސްކިތުގެ ސަރަހައްދުން އަލަށް ގާއިމު ކުރި 8 ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މި ހިނގާ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ޒޯނުން 35 ޕާކިން ސްލޮޓް ދޫކުރާނީ މަހަކު 3000 ދައްކާ ގޮތަށް ކަމަށާއި މި ޒޯނުން ޖާގަ ދެނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތި ނޫން ޕިކަޕު ތަކަށް ކަމަށެވެ.
އާނ އޭރުންތާ ޕާކިންގ ނެތީމަ މިސްކިތަށްދާ މީހުން މަދުކުރެވޭނީ.