ކުޅިވަރު

ރެފްރީ ނަސްލީ ގޮތުން ތަފާތު ކުރުމުން ޕީއެސްޖީ ކުޅުންތެރިން ދަނޑުން ފައިބައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ރޭ  ޗެމްޕިއަންސް  ލީގުގެ  ގްރޫޕް  ސްޓޭޖުގެ  ފަހު  މެޗުގައި  ޕީއެސްޖީ  އާއި  އިސްޓަންބުލް  ބަސަކްޝެހިރް  ބައްދަލު  ކުރި  މެޗުގައި  ހުރި  ހަތަރުވަނަ  މެޗު  އޮފިޝަލް  ކުޅުންތެރިއަކާމެދު ނަސްލީ  ތަފާތު  ކުރުންތައް  ބެހެއްޓުމާ ގުޅިގެން  ދެ  ކްލަބުގެ  ކުޅުންތެރިން ވެސް  ދަނޑުން  ފައިބައިފިއެވެ.

މެޗުގެ  ފުރަތަމަ  ހާފުގެ  މެދު  ތެރެއިން  އޮފިޝަލަކު  ވަނީ  އިސްޓަންބުލް  ޓީމުގެ  އެސްޓިންޓް  ކޯޗާ  އަރާރުން  ވެފައެވެ.  އެއަށްފަހު  ރެފްރީ  ގާތު  ކާޑު  ދައްކަންވީ ކާކަށްކަން  ބަޔާން  ކުރަމުން  އިސްޓަންބުލްގެ  އެސިސްޓަންޓް  ކޯޗަށް  ނިސްބަތްކޮށް  އޮފިޝަލް  ވަނީ  ނަސްލީ  ތަފާތު  ކުރުންތައް  ބަހައްޓާހެން  ވާހަކަ  ދައްކާފައެވެ.

މެޗުގެ  އޮފިޝަލް  މިހެން  ބުނި  ވަގުތު  އިސްޓަންބުލްގެ  ކުޅުންތެރިންނަށް  އެ  އަޑު  އިވި،  އެކަމާއި  ނުރުހުން  ފާޅުކޮށް، ކުޅުންތެރިން  ވަނީ  ދަނޑުން  ފައިބައިފައެވެ.  އަދި  އިސްޓަންބުލްގެ  ކުޅުންތެރިންގެ  ފަަހަތުން  ޕީއެސްޖީގެ  ކުޅުންތެރިން ވެސް  ދަނޑުން  ފައިބައި  މެޗު  ވަނީ  ސަސްޕެންޑު  ކޮށްފައެވެ.

ދެ  ޓީމުންވެސް  ރެފްރީންގެ  ޓީމުގައި  ހުރި  މެޗު  އޮފިޝަލްގެ  އަމަލު  ކުށްވެރި  ކޮށްފައި  ވާއިރު،  މުބާރާތް  އިންތިޒާމް  ކުރާ  ޔޫއެފާ  އަށް  ވަނީ  މި  މައްސަލަ  ސީރިއަސް  ކަމެއްގެ  ގޮތުގައި  ބަލަން  މަޖުބޫރު  ވެފައެވެ.

ރޭ  ކުޅުންތެރިން  ދަނޑުން  ފޭބުމާއެކު  މެޗު  ސަސްޕެންޑު  ކުރުމަށް  ފަހު  މިރޭ  އެ  މެޗު  ކުޅުމަށް  މިހާރު  ވަނީ  ތާވަލު  ކޮށްފައެވެ.  މި  މެޗު  އޮންނާނީ  ރާއްޖެ  ގަޑިން  22:45  ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!