ޕިކަޕެއްގެ ބެޓެރިއެއް ވަގަށް ނެގި ދެ މީހުން ހޯދަނީ
 
                                                    މާފަންނު ދުވާ ޓްރެކް ކައިރި ގޯޅީގައި އޮތް ޕިކަޕެއްގެ ބެޓެރިއެއް ވަގަށް ނަގާފައި ވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވަނީ މި ދެމީހުން ހޯދަމަށް އާންމުންގެ އެހީއަށް އެދިފައެވެ.
މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާ ކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 465718 އެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.
 
   
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
