ދުނިޔެ

ވެކްސިން ޖެހުމަށްފަހު ދެ މަސް ވަންދެން ރާ ނުބޮއެ ހުންނަން ބުނުމުން ރަޝިޔާ މީހުން ބޮޑު ފިކުރަކަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރަޝިޔާގައި ވެކްސިން ޖެހުމުގެ ކުރިން 48 ގަޑިއިރު ވަންދެން ރާ ނުބޮއެ ހުރުމަށާއި ވެކްސިން ޖެހުމަށްފަހު ވެސް ދެ މަސް ދުވަސް ވަންދެން އެއްވެސް ގޮތަކަށް ބަނގުރާ ނުބޮއެ ހުރުމަށް އެޤައުމުގެ ސިއްޙަތާއިބެހޭ ތަޖުރިބާކާރުން ނަސޭޙަތްތެރި ވެއްޖެއެވެ.

Ads by WAMCO

ރަޝިޔާގެ ރައްޔިތުންނަށް ދެމުން އަންނަ ސްޕަޓްނިކް ވީ ވެކްސިނާ ބެހޭގޮތުން ވާހަކަ ދައްކަމުން އެޤައުމުގެ ކޮންޒިއުމަރ ވޮޗްޑޯގް ގެ ހެޑް ބުނީ ވެކްސިން ދިނުމަށްފަހު ހަ ދުވަސް ވަންދެން ރަލާ ދުރުގައި ހުރުމަށެވެ.

އެނާ ޕޮޕޯވާ، މޮސްކޯ ޓައިމްސްއަށް ދިން އިންޓަވިއު އެއްގައި ބުނީ ހަށިގަނޑުގެ ދިފާޢީ ބާރު ގަދަ ކުރުމަށް ވެކްސިން ޖެހުމަށްފަހު އެންމެ މަދުވެގެން ދެ ހަފްތާ ވަންދެން ރާ ނުބުއިމަށެވެ. ފަހުން އޭނާ ބުނެފައި ވަނީ އެންމެ އެދެވިގެންވާ ގޮތަކީ ވެކްސިން ޖެހުމަށްފަހު 42 ދުވަސް ވަންދެން ރާ ނުބޮއެ ހުރުން ކަމުގައެވެ.

ދިގު މުއްދަތަކަށް ރާ ބުއިން ހުއްޓާލުމަށް އެންގުމުން ރަޝިޔާ ގެ އެތައް ބަޔަކު އަންނަނީ އެކަމާ ދެބަސްވެ ނުރުހުން ފާޅު ކުރަމުންނެވެ.

"މިއީ އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ފަސޭހަ ކަމަކަށް ނުވެދާނެ. އެކަމަކު ސިއްޙަތަށް ރަނގަޅަށް ބެލުމަށްޓަކައި ރާ ބުއިމާ ދުވަސް ކޮޅަކަަށް ނަމަވެސް ދުރަށް ދާންޖެހޭ” ޕޮޕޯވާ ބުނެފައި ވެއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!