ޚަބަރު

ނައިފަރަކީ އާދަޔާ ޚިލާފު ހީވާގި ކަނބަލުން ގިނަ ރަށެއް : ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ނައިފަރަކީ އާދަޔާ ޚިލާފު ހީވާގި ކަނބަލުން ގިނަ ރަށެއް ކަމަށް ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ދިމާކޮށް "ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު"ގެ ފަރާތުން އިންތިޒާމުކުރި ހަރަކާތެއްގައި މަސްވެރިކަން ދަސްކުރުމަށް، ނައިފަރުގެ 80 އަންހެނުން އިއްޔެ ހަވީރު ވަނީ މަހަށް ނުކުމެފައެވެ. މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ ނައިފަރަކީ އާދަޔާ ޚިލާފު ހީވާގި ކަނބަލުން ގިނަ ރަށެއް ކަމަށެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ނައިފަރުގައި އާންމުކޮށް ހުޅުވާލައިގެން މީހުން ބައިވެރިކުރި މި މަސްދަތުރުގައި އެންމެ ބޮޑު މަސް ބޭނި ދޯންޏެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މަސްދަތުރަށް ނައިފަރު ކައުންސިލާއި މިފްކޯ އާއި އެމް.އެން.ޑީ.އެފާއި ނައިފަރުގެ ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭ ކަމުގައި ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރުން ބުނެއެވެ.

" ނައިފަރުގެ އާއިލާތަކަކީ ސީދާގޮތުން މަސްވެރިކަމާއި ގުޅިފަވާ އާއިލާތަކެއް. މަސްވެރިކަމުގަ ޒަމާނުއްސުރެ ކަނބަލުންގެ ހިއްސާ ވަރަށް ބޮޑު. އާދަޔާ ހިލާފު ހީވާގި ކަނބަލުން ގިނަ ރަށެއް ނައިފަރަކީ" ޝިޔާމް ވިދާޅުވިއެވެ.

ޅ. ނައިފަރުގެއި އިންތިޒާމްކުރި މި ދަތުރަކީ މަސްވެރިންގެ ދުވަހާ ދިމާކޮށް ރާއްޖޭގައި ކުރާ ޒަމާނީ މަސްވެރިކަން އަންހެން ކަނބަލުން ދަސްކޮށް، ތަޖުރިބާ ހޯދުމަށް ފެށުނު މަސައްކަތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!