ޚަބަރު

ކޮވިޑް-19: ކަރަންޓީނު ވާން ދެކޮޅު ހެދި މީހަކު ބައްޔަށް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފ. ނިލަންދޫގައި ކަރަންޓީނު ވާން ދެކޮޅު ހެދި މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިކަން އެނގުނުއިރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެމީހާ އަކީ ކަރަންޓީނު ވާން ދެކޮޅު ހެދުމުން ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް އެރަށު ކައުންސިލު މެންބަރު ލަތީފު ވިދާޅުވި ކަމަށެވެ.

ލަތީފު ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވެފައިވާ އެ މީހާއަކީ މަސް ދޯންޏެއްގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށާއި އޭނާ ކަރަންޓީނު ވުމަށް އިންކާރު ކޮށްފައި ވަނީ މާލެއިން ފުރައިގެން ރަށަށް އައުމުން ކަރަންޓީނު ވާން އެންގުމުން ކަމަށެވެ.

މީގެއިތުރުން ލަތީފު ވިދާޅުވީ ކޮވިޑަށް ފައްސިވީ މީހާ ދެކޮޅު ހަދާފައިވަނީ ހަމަައެކަނި ކަރަންޓީނު ވާން އެކަނި ނޫން ކަމަށާއި އޭނާ ވަނީ ފުލުހުންގެ އަމުރަށް ވެސް ނުކިޔަމަންތެރި ވެފައި ކަމަށެވެ.

އެމީހާއަކީ ދ. ކުޑަހުވަދޫ "ދިރުން 2" ނަމަކަށް ކިޔާ ދޯންޏެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ.

"އެމީހުންނަކީ ދ. ކުޑަހުވަދޫ ދިރުން 2 ދޯނީގައި މާލެއިން ކުޑަހުވަދޫއަށް އައިސްގެން، އެރަށުގައި ކަރަންޓީނު ވާން އަންގައިގެން އެކަމަށް އިންކާރުކޮށް އަމުރަށް ނުކިޔަމަންތެރިވީމަ އެ ދޯނީގައި ހިމެނޭ ބަޔަކު ނިލަންދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ކަރަންޓީނު ކުރީ. އެތަނުން އެކަކު ފައްސިވީ" އެނޫހަށް މައުލޫމާތު ދެއްވަމުން ލަތީފު ވިދާޅުވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!