ކޮވިޑް-19 ޖެހިގެން 69 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެނގިފައިވާ ގޮތުގައި އެމީހާގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލޭގައި ހުންނަ އާސަހަރާ މިސްކިތުގައި ބޭއްވުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.
ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން މީހަކު ނިޔާވެފައިވާއިރު، އެމީހާ ނިޔާވި ވަގުތު އަދި އެނގިފައެއް ނުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކޮށްފައިވާ ސާވަލެންސް ޑޭޓާ އަށް ބަލާއިރު ރާއްޖޭގައި މިހާރު މިބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 13،308 އަށް އަރައެވެ. އަދި ބަލިން ފަސޭހަ ވެފައިވަނީ 12،621 މީހުންނެވެ. މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން މިބަލީގައި މިހާރު ނިޔާވެފައިވަނީ 48 މީހުންނެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون