"ދިވެހިންގެ ފަސްގަނޑުގައި ތިބެގެން ދިވެހި ކިޔަވާ ކުދިންނަށް މުސީބާތް ޖެއްސުމުގެ ފުރުސަތު ދެވިގެން ނުވާނެ"
އައްޑޫ ފްލައިންގް ސްކޫލްގު ދަރިވަރުންނަށް ކުރަނީ ޖެއްސުން ކަމަށާއި ދިވެހިންގެ ފަސްގަނޑުގައި ތިބެގެން ދިވެހި ކިޔަވާ ކުދިންނަށް "މުސީބާތް" ޖެއްސުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދައިން ކަންތައްކުރާ މީހުން ބޭރުކޮށްފައި އެހެން ގޮތެއް ހޯދަން އެބަޖެހޭ ކަމަށެވެ.
ްަްައައްޑޫ ފްލައިން ސްކޫލްގައި ޑޮލަރުން ފީ ނަގާ މައްސަލަ ހައްލު ނުވާތީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގެ ސްޓޫޑެންޓް ޔޫނިއަންއިން ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ރޮޒައިނާ ވިދާޅުވެފައިވަނީ އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންނަށް ޖެއްސުން ކުރަމުންދާ ކަމަށެވެ.
ސްޓޫޑަންޓް ޔޫނިއަނުން ކޮށްފައިވާ އެޓްވީޓުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ ދާއިރާއެއްގެ މެމްބަރުންނެއް ވަނީ ޓެގް ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަށް އެޑްރެސް ކުރައްވާ ރޮޒައިނާ ވަނީ މިމައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށް އެދިލައްވާފައެވެ. ނަމަވެސް ރޮޒައިނާގެ އެޓްވީޓުގައި ނަހުލާ ޓެގް ކުރައްވާފައެއް ނުވެއެވެ.
""ތިމިނިސްޓްރީ ތެރެއިން މިމީހުންނަށް ވާގިވެރިވާ ފަރާތެއް ހުރެގެން ކަމަށް ވަނީ މިމީހުންގެ ކަންތައް މާމައްޗަށް ގޮސްގެން މިއުޅެނީ." ރޮޒައިނާ ވިދާޅުވިއެވެ.