މުޢިއްޒުގެ ސުވާލު ސަރުކާރަށް: އަނެއްކާވެސް އަނެއް "މެގާ ޕްރޮޖެކްޓް" ފުރިހަމަ ވަނީތޯ؟
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަމުގައި "ހިޔާ" މަޝްރޫޢުގެ ދަށުން ތަރައްޤީ ކޮށްފައިވާ ފްލެޓުތަކުގައި، މިސަރުކާރުގެ ފަރާތުން އަލުން "ކުލަ ލަމުން" ދިޔުމާ ގުޅިގެން ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ފާޑު ވިދާޅުވެއްޖެއެވެ.
ފިޔާތޮށި ކުލަ ލާފައި ހުރި ފްލެޓެއްގައި ރީނދޫ ކުލަ ލަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިއްސާ ކުރައްވަމުން ޑރ. މުޢިއްޒު ސަރުކާރާ ސުވާލު ކުރައްވާފައި ވަނީ މިއީ މިސަރުކާރުން ހިންގަވާ އަނެއް "މެގާ ޕްރޮޖެކްޓު" ތޯ އެވެ.
މިސަރުކާރުން ހިންގަވާ މެގާ ޕްރޮޖެކްޓުތަކުގައި ހިމެނެނީ ކުރީ ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޕާކުތަކުގެ ނަން ބޯޑު ބަދަލު ކުރުމާއި ކުރިން ވެސް ކުލަލާ ނިންމާފައި ހުރި ފްލެޓުތަކުގައި ކުލަލުން ކަމަށް ބުނާފަދަ މޭރުމަކުން ވެސް ޑރ. މުޢިއްޒުގެ ޓްވީޓުގައި ވަނީ ފާޑު ވިދާޅުވެފައެވެ.
ފްލެޓުތަކުގެ ކުލަ ބަދަލު ކުރަމުން އަންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ރެއިންސުރެ އަންނަނީ މީސް މީޑިއާ ގައި ވެސް ދައުރު ވަމުންނެވެ، އަދި ވަރަށް ގިނަ އާއްމު ރައްޔިތުން ވެސް ވަނީ މިކަމާ ގުޅިގެން ސަރުކާރަށް ފާޑު ކިޔާފައެވެ.
އެގޮތުން ބައެއް މީހުން ބުނެފައި ވަނީ މިއީ އެފްލެޓުތަކުގައި ލާފަ ހުރި ކުލަ މިސަރުކާރަށް "ހަޖަމު" ނުވެގެން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
ކުރިން ހުރީ ޕީޗްކުލަ. މިހާރު އެ ލަނީ ގޮށް ރީނދޫކުލަ. އިބޫގެ ހަޖަމުގެ މައްސަލައެއް އެބަ އުޅޭ ދޯ؟
އެހެންވީ ހުރިހާ އެއްޗެއް ހަޖަމް ކުރުމަށް ގޮށްރީނދޫ ވަރެއް ނެތެއްނު.