ޚަބަރު

ހިޔާ ފްލެޓުތަކުގައި އަލުން ކުލަ ލަނީ ކުލަ ފަނޑުވުމުން: އެޗްޑީސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގައި އަލުން ކުލަލަނީ އެތާގައި ލާފައި ހުރި ކުލަ ފަނޑުވެފައި ވުމުގެ ސަބަބުން ކަމަށް ކުލަ ލުމުގެ މަސައްކަތް ކުރަމުން އަންނަ ހުޅުމާލެ ޑިވޮލޮޕްމެންޓު ކޯޕަރޭޝަން އިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެޗްޑީސީން މިހެން ވިދާޅުވެފައި މިވަނީ ހިޔާ ފްލެޓުތަކުގައި ލާފައި ހުރި ފިޔާތޮށި ކުލައިގެ މަތިން ރީނދޫ ކުލަ ލަމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު އެކަމަށް މީސް މީޑިއާގައި ފާޑު ކިޔަން ފެށުމާ ގުޅިގެންނެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގެ ބޭރުގައި އަލުން ކުލަ ލުމަކީ ބޭކާރު ހަރަދެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ކުރި ޓްވީޓެއްގައި ވިދާޅުވީ ޓަވަރުތަކުގެ ބޭރުގައި ލަނީ ރީނދޫ ކުލަ ނޫން ކަަމަށާއި އެއީ އޮރެންޖު ކުލަ ކަމަށެވެ.

އަދި ޓަވަރުތަކުގައި ލާފައިވާ ކުލަ ފަނޑުވާން ފެށުމުން އަނެއްކާ ވެސް އެ ބްލޮކްގެ ބޭރުގައި ކުލަ ލާން ފަށާފައިވާ ކަމަށާއި މަސައްކަތް ކުރަނީ ކޮންޓްރެކްޓަރު ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް ހަރަދެއް ނުހިނގާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓު އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ.

މަޝްރޫއުގެ ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ.

 

Ads by HDC
  1. ކަނބުލޮ

    އަލުން ކުލަ ލުމުގެ ބަދަލުގައި ދޮރުތައް ހަރުކުރުމާއި ޓައިލްސް ޖަހައި ދޭންވީ ނޫންތޯ؟ ރައްޔިތުންނަށް ކުރާ ޖެއްސުމެއްނޫންތޯތީ؟