ކުޑަކުޑަ ސުވާލެއް: ޖިންސުގައި އިންނަ ކުޑަ ޖީބުގެ ބޭނުމަކީ ކޮބައިކަން އެނގޭތަ؟
ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވެގެން ދިޔައީ ފަޓުލޫނު ކަމުގައި ވިޔަސް މިއަދުގެ ޒުވާނުންނަށް ފަޓުލޫނަކީ މާ ކަމުދާ އެއްޗަކަށް ނުވެއެވެ. މިއަދުގެ ޒުވާނުން ލާ ހިތް ވަނީ ޖިންސެވެ. ކޮންމެއަކަސް ކޮންމެ ދުވަހަކު ޖިންސު ލައިގެން އުޅޭއިރު ޖިންސުގައި އިންނަ ކުޑަ ޖީބަކީ ކީއްކުރަން އިންނަ އެއްޗެއްތޯ އެއް ފަހަރު ނަމަވެސް ވިސްނާލިން ހެއްޔެވެ؟ ނުވަތަ އެއީ ކީއްކުރާ އެއްޗެއްކަން ނޭނގިގެން އުޅުނިން ހެއްޔެވެ؟
އެއީ ބޭކާރު އެއްޗެކޭ ވެސް ހިތަށް އަރާފައި އޮވެދާނެއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ގެންގުޅޭ ތަޅުދަނޑިފަތި ވެސް ގެންގުޅޭ ލިޕްސްޓިކެއް ވެސް މި ޖީބަކަށް ލެވެނީކީ އެއް ނޫނެވެ. އެހެން ނަމަވެސް އަދި ތަޅުދަނޑިއެއް ނުލެވުނު ކަމުގައި ވިޔަސް މިއީކީ ބޭކާރު ޖީބެއް ނޫނެވެ. ޖިންސުގައި އިންނަ ޖީބުގެ ބޭނުމަކީ ކޮބައިކަން މިއުޅެނީ ކިޔައިދޭށެވެ. ކަނުލާ އަޑު އަހާށެވެ.
ޖިންސު އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ލެވީސް" އިން ބުނާ ގޮތުގައި ނަމަ އެ ޖީބަކީ ގަޑި ލުމަށް ހާއްސަކޮށް އުފައްދާފައިވާ ޖީބެކެވެ. މިހާރު ތިޔަ މަސައްކަތް ކުރަނީ އަތުގައި އަޅާފައި އޮތް ގަޑި ޖީބަށް ލެވޭތޯ ހެއްޔެވެ؟ އަދި އިހަށް މަޑު ކޮށްބަލާށެވެ. އިތުރަށް އެނގެން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.
ގިނަ މީހުންނަށް މި ޖީބު ސިފަ ކުރެވިފައި އޮންނަނީ "ކޮއިން ޕޮކެޓް" އަދި "ޓިކެޓް ޕޮކެޓް" ގެ ގޮތުގައެެވެ. އެގޮތުން ބައެއް މީހުން ވަކިލާރި އެޅުމަށް މި ޖިންސު ބޭނުން ކޮށް އުޅޭކަމީ އެންމެން ވެސް ދަންނަ ކަމެކެވެ.
މުޅި ދުނިޔެއަށް ޖިންސު މަޝްހޫރުވުމުގެ ކުރީގައި ޖިންސަކީ މަސަައްކަތު ދިއުމަށް އޭރުގެ މީހުން ބޭނުން ކުރި އަންނައުނެކެވެ. އެއީ 1800ގެ އަހަރުތަކުގެ ތެރޭގައެވެ. އެ ދުވަސްވަރު އެންމެން ވެސް އުޅެނީ އަތުކުރީ ގަޑިއެއް ހިފައިގެން ކަމުގައި ބުނެވެއެވެ. މިގަޑި އޮންނަނީ ޗޭނަކުން ޖީބާ ގުޅުވާފައެވެ. އެގޮތަށް އުޅުމުގެ ތެރޭގައި ގަޑި ވެއްޓި ހަލާކުވާ ފަހަރު ދިމާވެއެވެ.
ކޮންމެއަކަސް ޖިންސުގައި މި އިންނަ ކުޑަ ޖީބަކީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ލެވީސް ބްރޭންޑުން ތައްޔާރު ކުރި ޖީބެކެވެ. އެގޮތަށް ކުޑަ ޖީބެއް ހެދުމުން ގަޑި ވެއްޓި ހަލާކުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އެހެންކަމުން އެދުވަސްވަރު އެ ޖީބަކީ ވަރަށް މުހިންމު އެއްޗެކެވެ.
މި ޒަމާނުގައި ހަގީގަތަށް ދަންނަވާނަމަ މި ޖީބަކީ މާ ބޮޑު ބޭނުމެއް ހިފޭ އެއްޗެއް ނޫނެވެ. ނަމަވެސް އެ ކުޑަ ޖީބު ނެތްނަމަ މިހާރު ޖިންސުގެ އަސްލު ގެއްލިދާނެ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. މިހާރު އެއީ ހަމައެކަނި ރީއްޗަކަށް އިންނަ ޖީބަކަށް މިވަނީ ވެފައެވެ.
ދެޓްސް އަ ލައި. ޢެ ކުޑަ ޖީބު އިނީމަ ވަރަށް ފަސޭހަ ކުދި ކުދި އައިޓެމްސް ގެންގުޅޭއިރު. ޢެހެންވެ ޖިންސެއް ގަންނައިރު ކުޑަ ޖީބު އިންތޯ ބަލަން
މަކުޑަޖީބު ބޭނުންކުރަނީ ސުޕާރީ ޕަކެޓުގެ ބާކީ ބައި އަޅަން
ދިވެހި ޒުވާނުންގެ “ކޮކޯ ޕޮޑް” ލުމަށް ހާއްސަ ޖީބެއް
އަތުކުރީީ ގަޑިި ނުލެވޭނެެ އެެ ޖީބަކަށްް އެހެންް ނޫނަަސްް އަތުކުރީީ ގަޑިި އޮންނާނީީ އަތުގައެއްް ނޫންތޯޯ؟ ޖީބަށްް ގަޑިލާންް ބޭނުންނަމަަ ކުރިމަތީގަަ ޖީބުު ފަހަތުގަަ ޖީބުު އިންނާނެއެވެެ. އެހެންވީމަަ އެެ ކުޑަޖީބަކީީ ގަޑިއެއްް ލުމަށްް ހަރުކޮށްފަަ އިންް ޖީބެއްް ކަމަކަށްް ނުބެލެވޭޭ.
މަ އެޖީބުގަ އަބަދުވެސް ކޮންޑޮމެއް ބައިންދަން….
މަދެން އެކުޑަޖީބު ބަލާނަން