މީދަލުގެ ތުރާ ގޭގައި މާ ބޮޑީތަ؟ ތިކަމުގެ ހައްލަކީ ސައިފަތް ޕެކެޓެއް!
ގޭތެރެ ކިތަންމެ ސާފުކޮށް ބެހެއްޓި ނަމަވެސް ގިނަފަހަރު އޮންނަނީ މީދަލުގެ އުނދަގުލުން ސަލާމަތް ނުވެވިފައެވެ. ކަރަންޓު ވަޔަރު ތަކާއި ހިފާ ގެންގުޅޭ ސާމާނުތައް ކައި ހުސްކުރަމުން ދުވާއިރު އެ މީދާތަކުގެ އުނދަގުލުން ސަލާމަތްވުމަށް ކާތަކެއްޗަށް ބޭސް އަޅަންޖެހޭ ހިސާބަށް ވެސް ދެއެވެ.
މިފަދަ ބޭސް ތަކާއި މީދާ ހިފާ ދަތި ފަދަ ތަކެތި ގަތުމުގެ ބަދަލުގައި މި އޮތީ ވަރަށް ފަސޭހަ ގޮތެކެވެ. ސައިފަތްޕެކެޓުން ވެސް ތިޔަ ސަލާމަތް ނުވެވިގެން އުޅޭ މީދަލުގެ ތުރާލުން ސަލާމަތް ވެވިދާނެއެވެ. ގޭތެރެ އިން އެންމެ މީދަލެއް ފެނިއްޖެ ނަމަ އިތުރު މީދާ ތައް އުޅުމަކީ ވަރަށް ގާތުގައި ވާ ކަމެކެވެ. ސަބަބަކީ މީދަލަކީ ވަރަށް އާލާވާ އެއްޗަކަށް ވާތީއެވެ. އަދި ދިރިއުޅޭނެ ހިތްފަސޭހަ ޖާގައެއް ލިބިއްޖެ ނަމަ އެތަނެއްގައި އާއިލާ އެކީގައި އުޅެއެވެ.
ނަތީޖާއެއްގެ ގޮތުން ގޭގައި ދިރިއުޅޭ މީހުންނަށް އިންތިހާއަށް އުނދަގޫވެއެވެ. އެހެންކަމުން މި އުނދަގުލުން ސަލާމަތް ވުމަށްޓަކައި ސައިފަތްޕެކެޓު ބޭނުން ކުރެވިދާނެއެވެ .
ބޭނުންކޮށްފައި ހުންނަ ސައިފަތްޕެކެޓުގެ ވަހަކީ މީދަލަށް ކަމުދާ ވަހެއް ނޫނެވެ. އެހެންކަމުން ސައިފަތްޕެކެޓު ބޭނުން ކުރުމަށް ފަހު މީދާ އުޅޭހެން ހީވާ ތަންތަނުގައި ބާއްވާށެވެ. އޭރުން އެތަނަކާ މީދާ ކައިރިއެއް ނުވާނެއެވެ. އަދި އިސާހިތަކު އެ ގެއެއް ދޫކޮށް ހިނގައިދާނެ އެވެ.
ދެންވެސް ސައިފަތްޕެކެޓު ބޭނުން ކުރުމަށް ފަހު އުކާނުލައި މިގޮތަށް ބޭނުން ކުރާށެވެ. އޭރުން ފަސޭހަ ކަމާއެކު މީދަލުގެ އުނދަގުލުން ސަލާމަތް ވެވިދާނެ އެވެ.
ފުލޯކުު ވާހަކައެއް
ކުނި ކޮތަޅުގަ އޮންނަ ސައިފަތް ފެކެޓާއެކީ އެބަ ކާލާ… މޮޅުވާހަކަ ހުވާ…