ދުނިޔެ

ނުވަ މީހަކު މެރި "ޓްވިޓާ ކިލަރ" މަރަން ހުކުމް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓްވިޓާ މެދުވެރިކޮށް ނުވަ މީހަކާއި ކޮންޓެކްޓުކޮށް، އެމީހުން މެރި ޖަޕާނުގެ ރައްޔިތަކު މަރަށް ހުކުމް ކޮށްފިއެވެ.

Ads by Sosun Fihaara

އުމުރުން 30 އަހަރުގެ ޓަކަހިރޯ ޝިރައިޝީ، މިހާރު މީހުން އޭނާއަށް ނަންދީފައިވާ "ޓްވިޓާ ކިލަރ" ހައްޔަރު ކޮށްފައިވަނީ، 2017 ވަނަ އަހަރު އޭނާ ދިރިއުޅޭ ފްލެޓުން އިންސާނުންގެ ހަށިގަނޑުގެ ބައިތަކެއް ފެނުމާ ގުޅިގެންނެވެ.

އެމީހުން މަރާ، ހަށިގަނޑުގެ ބައިތައް ބުރިބުރި ކުރިކަމަށް ޓަކަހިރޯ ވަނީ އެއްބަސް ވެފައެވެ. އޭނާ ބުނިގޮތުގައި، އޭނާ ގިނައިން މެރީ ޒުވާން އަންހެން ކުދިންނެވެ.

ޓަކަހިރޯގެ މައްޗަށް މިމައްސަލައިގައި މިއަދު ހުކުމް އިއްވުން އޮތްއިރު، އޭނާއަށް އިއްވާ ހުކުމް އަޑުއެހުމަށް 400 އަށްވުރެ ގިނަ ރައްޔިތުން ކޯޓުކައިރިއަށް އެއްވި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އޭނާގެ މައްޗަށް މަރަށް މަރުގެ ހުކުމް އިއްވުމުން އެތައް ބަޔަކު ވަނީ އެހުކުމަށް ތަރުހީބު ދީފައެވެ.

ރިޕޯޓުތަކުން ބުނެފަައިވާ ގޮތުގައި ޓަކަހިރޯ މަރާފައި ވަނީ އަމިއްލައަށް މަރުވާން ބޭނުން ވެގެން އުޅުނު މީހުން ކަމަށް އޭނާ ބުނެފައި ވެއެވެ. އެމީހުން ހޯދީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ ޓްވިޓާ މެދުވެރިކޮށް އޭނާ ހޯދީ ނަފްސާނީ ބަލިމަޑުކަން ތަޙައްމަލު ކުރަމުން ދިޔަ، އަމިއްލައަށް މަރުވާން ބޭނުންވެގެން އުޅުނު މީހުން ކަމުގައެވެ. އެމީހުން މަރައިދޭނަމޭ ބުނި ކަމަށާއި އެމީހުންނާއެކު ޓަކަހިރޯ ވެސް މަރުވާނެ ކަމަށް ބުނި ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ،

ޖަޕާނު ސަރުކާރުން ވަނީ، މީސް މީޑިއާ ގައި މީހުން މިފަދައިން ދައްކާ ވާހަކަތަކާމެދު ރައްޔިތުން ސަމާލުވެ ރައްކާތެރިވެ ތިބުމަށް އެދިފައެވެ. އަދި ނަފްސާނީ ބަލި ހުންނަ ކަމަށްވާނަމަ އެކަމުގެ ތަޖުރިބާކާރުންނާ ވާހަކަ ދެއްކުމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!