ލައިފްސްޓައިލް

ވައަތްތެރިއަކު ދަންނަންތަ؟ މިއޮތީ ވައަތްތެރިންނާ ބެހޭގޮތުން ނޭނގިފައި އޮވެދާނެ ކަންތައްތަކެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގެ އަށްޑިހަ އަށް އިންސައްތަ މީހުންނަކީ ކަނާއަތްތެރި މީހުންްނެެވެ. ވައަތްތެރި މީހުންނަކީ ދުނިޔޭގައި ވަރަށް މަދު ބައެެކެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ވެސް ވައަތްތެރި މީހަކު ފެންނަނީ ސަތޭކަ އަކުން އެކެއް ކަހަލަ ގޮތަކަށެވެ. ދުނިޔޭގެ ވައަތްތެރި މީހުންގެ އަދަދަކީ އަކީ އެންމެ ބާރަ އިންސައްތައެވެ.

Ads by Hajj Corporation

ތިބާގެ ރަހުމަތްތެރީންގެ ތެރޭގައި ވައަތްތެރިއަކު ހިމެނޭ ހެއްޔެވެ؟ ނުވަތަ އާއިލާގައި ވައަތްތެރިއަކު ހިމެނޭ ހެއްޔެެވެ؟ ނުވަތަ ތިބާ އަކީ ވައަތްތެރިއެއް ހެއްޔެވެ؟ ވައަތްތެރިންނާ ބެހޭގޮތުން ގިނަ މީހުންނަށް ނޭނގިފައި އޮންނަ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލަމާ ހިނގާށެވެ.

އެލާޖީސް

މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. ސަބަބަކީ ދި ބައިލޮޖިކަލް ފައުންޑޭޝަންގެ ކެރެބްރަލް ޑޮމިނެންސް ފޮތުގަައި ވެސް މިވާހަކަ ވަރަށް ތަފްސީލް ކޮށް ބަޔާން ކޮށްފައިވެއެވެ. ވައަތްތެރިންގެ ބޮޑު އިންސައްތަ އަކީ ކޮންމެވެސް އެއްޗަކަށް އެލާޖިކް ބައެކެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް އެމީހުންނަށް ބޮޑެވެ.

މައިގްރޭންގެ ވޭން ބޮޑުވުން

މައިގްރޭން އަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. އެއީ ނުހަނު ވޭން އަޅާ ބައްޔެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވައަތްތެރިންނަށް މައިގްރޭންގެ ވޭން، ކަނާއަތްތެރިންނަށް ވުރެ ބޮޑެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަނާއަތްތެރިންނަށް މައިގްރޭންގައި އަޅާ ވޭނުގެ ދެގުނަ ވޭން ވައަތްތެރި މީހުންނަށް އަޅައެވެ.

ނިދީގައި ހަރަކާތް ކުރުން

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ނިދީގައި ވަރަށް ގިނައިން ފުރޮޅި ހަދާ ބައެކެވެ. އެހެން ނަމަވެސް ދިރާސާ ތަކުން ސާބިތުވާ ގޮތުގައި ވައަތްތެރީން އާދަޔާޚިލާފަށް ފުރޮޅެއެވެ. 2011ވަނަ އަހަރު ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ވައަތްތެރީންގެ 94 އިންސައްތައަކީ ނިދީގައި އާދަޔާ ހިލާފަށް ހަރަކާތްކޮށް ފުރޮޅި ހަދާ ބައެކެވެ.

ވައަތްތެރީން މާ ވިސްނުންތޫނު

ވައަތްތެރިއަކަށް ވުމަކީ ބައެއް ފަހަރަށް ވަރަށް ފައިދާ ކުރުވަނިވި ކަމެކެވެ. އަދި އެކަމާ އުފާ ކުރަންވީ ކަމެކެވެ. ސަަބަބަކީ 2007 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ވައަތްތެެރިން މާ ވިސްނުން ތޫނެވެ. އެހެން ނަމަވެސް މިއީ މުޖައްރިބު ވާހަކައެއް ނޫނެވެ. ސަބަބަކީ 2010 ވަނަ އަހަރު ހެދި ދިރާސާއެއްގެ ނަތީޖާ މިއާ ހަމަ ސީދާ އިދިކޮޅެވެ.

އެއްފަހަރާ ގިނަ މަސައްކަތްތައް ކޮށްލާ 

ދިރާސާ ކުރާ ފަރާތެއް ކަމަށްވާ އިލިނޮއިސްގެ ދިރާސާތަކުން ދައްކާ ގޮތުގައި އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރުމުގެ ގާބިލުކަން ކަނާތްތެރިންނަށްވުރެ ބޮޑަށް ލިބިފައި ވަނީ ވައަތްތެރީންނަށެވެ. އަދި ކަނާއަތްތެރިންނަށްވުރެ ވައަތްތެރީން މާ ހަނދާން ގަދަ ކަންވެސް މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

ފެނު އަޑީގައި މާ ސާފުކޮށް ފެނޭ

ނާރުގެ ބަލިތަކާބެހޭ ޑޮކްޓަރަކު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ކަނާތްތެރި މީހުންނަށް މޫދު އަޑީގައި ނުވަތަ ފެނު އަޑީގައި ފެންނަ ގޮތަށްވުރެ މާ ރީއްޗަށް ވައަތްތެރި މީހުންނަށް ފެނެއެވެ.

މި ކަންތައްތަކީ ވައަތްތެރީންނާ ބެހޭގޮތުން ތިބާއަށް ނޭނގިފައި އޮވެދާނެ ބައެއް ކަންތައްތަކެވެ. މި ވާހަކަ ތަކަކީ ސައްހަ ވާހަކަތަކެއްކަން ޔަގީން ކުރުމަށް ތިބާގެ ވައަތްތެރި ރަހުމަތްތެރިއަކަށް ނުވަތަ ގާތްތިމާގެ މީހަކަށް މި ވާހަކަތައް ކިޔައިދީ ސުވާލު ކޮށްލާށެވެ.

 

Ads by HDC
  1. އެކުވެރިޔާ

    އެންމެނެއް ނިދީގަ މާ ގިނަ ހަރަކާތެއް ނުކުރޭ

  2. ޥާތްތެރިޔާ

    ޟަށަކީޥާތްތެރިއެށް،ތީގެން އެށްވެޝްކަމެށް ދިމައެއްނުވޭ

  3. ދެއަތްތެރިޔަ

    އަހަރެންނަކީ ކަނާތުން ލިޔެ، މަސައްކަތް ކުރުމުގައި ވައަތް އިސްކުރާ މީހެއް. އަދި ފުޓްބޯޅަ ކުޅުމުގައި ވައަތުފައި އެކަނި ބޭނުން ކުރާ މީހެއް