ދުނިޔެ

ކޮވިޑް ވެކްސިން: މޮޑާނާ ވެސް ރައްކާތެރިކަމަށް އެމެރިކާގެ އެފްޑީއޭއިން ބުނެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މޮޑާނާ ވެކްސިން ވެސް ރައްކާތެރިކަމަށާއި އަދި އެ ވެކްސިން މާރަނގަޅަށް މަސައްކަތް ކުރާ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނެފިއެވެ.

Ads by WAMCO

ނަމަވެސް އެމެރިކާގެ އެފްޑީއޭ އިން ބުނެފައި ވަނީ މޮޑާނާ ކޮވިޑް ވެކްސިން ވެސް ރައްކާތެރީ ހަމައެކަނި ބޮޑެތި މީހުންނަށް ކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ މޮޑާނާ ވެކްސިން ވެސް ރަނގަޅުކަން މުހިންމީ، ދެވަނަ ވެކްސިނެއްގެ ބޭނުން، އަންނަ ހަފްތާއިން ފެށިގެން، ޖެހިދާނެތީ ކަމަށެވެ. އެޤައުމުގައި އިއްޔެއިން ފެށިގެން ދަނީ ފައިޒާ/ބަޔީއެންޓެކް ވެކްސިން ޖަހަމުންނެވެ.

މޮޑާނާ ވެކްސިނާ ބެހޭގޮތުން އެފްޑީއޭ އިން ދީފައިވާ ރިވިއު ގައި ބުނެފައިވަނީ 30،000 އެއްހާ އެމެރިކާ މީހުންގެ ގަޔަށް ޖަހައިގެން މިވެކްސިން ޓޭސްޓު ކުރިއިރު، 94.1 % އަށް ކޮވިޑުން ރައްކާތެރި ކޮށްދޭ ކަމަށް ޓެސްޓްތަކުގެ ނަތީޖާއިން ދައްކާފައިވާ ކަމަށެވެ.

ނަމަވެސް މިވެކްސިންގެ ސައިޑް އިފެކްޓު ތަކެއް ވެސް ވެއެވެ. އޭގެ ތެރޭގައި އެންމެ އާއްމުކޮށް ހިމެނެނީ ހުން އައުމާއި، ބޮލުގައި ރިހުން އަދި މަސްތަކުގައި ރިހުމާއި، ވަރުދެރަވުމާއި ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަމެވެ. ނަމަވެސް ހަށިގަނޑަށް ނުރައްކަލެއް ވާނެ ފަދަ ސައިޑް އިފެކްޓެއް ނުހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޤައުމުގައި މޮޑާނާ ވެކްސިން ވެސް ކުއްލި ގޮތަކަށް ދޭން ހުއްދަ ދިނުމާމެދު އަންނަ ބުރާސްފަތި ދުވަހު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޮފިޝަލުން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ، ހުއްދަ ލިބުމާއެކީ ހަ މިލިއަނެއްހާ މޮޑާނާ ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވަން މިހާރު ވެސް ތައްޔާރަށް ތިބި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!