ދިވެހިންނަށް ޗުއްޓީ ހޭދަކުރުމަށް ރިސޯޓުތަކަށް ދެވޭ ގޮތް ހަދައިފި

ކޮވިޑް-19 ނައްސި ޕީސީއާރު ޓެސްޓަކާއެކު ދިވެހިންނަށް ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދެވޭ ގޮތަށް ގަވައިދު ބަދަލު ކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތައް ބަންދު ކުރުމަަށް ފަހު އަލުން ހުޅުވިއިރު، ރިސޯޓުތަކަށް ދިވެހިން ދިއުން އޮތީ މަނާކޮށްފައެވެ.
ނަމަވެސް މިއަދު ގެނައި ބަދަލާއެކު ކޮވިޑް ޕީސީއާރު ޓެސްޓުގެ 72 ގަޑިއިރު ނުވާ ނައްސި ނަތީޖާއަކާއެކު ދިވެހިންނަށާއި ވޯކްވިސާ ގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދެވޭނެ އެވެ.
އަދި ރިސޯޓުތަކުން މާލެ ސަރަހައްދަށް އެނބުރި ދަތުރުކުރާއިރު ކަރަންޓީނު ވާން ނުޖެހޭއިރު، މީހުން ދިރިއުޅޭ އެހެން ރަށްރަށް ދާއިރު 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.