ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 135.1 މިލިއަން ރުފިޔާ

އެކިއެކި ޖޫރިމަނާގެ ގޮތުގައި ދިވެހި ސަރުކާރަށް މިއަހަރު 135.1 މިލިއަން ރުފިޔާ ލިބިއްޖެކަން ހާމަ ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިއީ ޓްރެފިކް ޖޫރިމަނާ އާއި، ކޮވިޑު-19 އާއި ގުޅިގެން ޤަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުން ކޮށްފައިވާ ޖޫރިމަނާތައް ފަދަ ޖޫރިމަނާތަކުން، ސަރުކާރަށް ލިބިފައިވާ ފައިސާއެވެ.
މިދިޔަ އަހަރުގެ މިމުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ފައިސާ މިއަހަރު މަދެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ 220.4 މިލިއަން ރުފިޔާއެވެ.
ސަރުކާރުން އަންދާޒާ ކޮށްފައިވާ ގޮތުގައި މިއަހަރު ޖޫރިމަނާ ގެ ގޮތުގައި ލިބޭނީ 169.7 މިލިއަން ރުފިޔާއެވެ. ކޮވިޑު-19 އާއި ގުޅިގެން ވެސް އެޅި ފިޔަވަޅުތަކަށް ބޯ ނުލަނބައިގެން ވެސް ގިނަ އަދަދަކަށް މީހުން ޖޫރިމަނާ ކުރަމުން ދާއިރު، އަންދާޒާ ކޮށްފައިވާ މިންވަރަށް ފައިސާ ލިބިދާނެ ކަމަށް ބެލެވެއެވެ.
ހެޔޮނުވާނެ ވެންމަސް ވެނަށް ކާންދޭކަށް ކުރަން ވާ ޖޫރިމަނާކޮށް ހަމަހަމަ އުސޫލެއް ގާއިމް ކުރަން ގޮވާލަން
ހެއްސައް ލާރި